ސެޕްޓެމްބަރު މަހު މާލޭ ފްރޮންޓްލައިން ޕޮލިހުން 109 މައްސަލައެއް ބަލާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 10 އެކްސިޑެންޓް، 71 ވައްކަން، ފޭރުމުގެ 12 މައްސަލަ އަދި މާރާމާރީގެ 16 މައްސަލަ ވަނީ ފާހަގަވެފައެވެ.
ފްރޮންޓްލައިން ފުލުހުން ކުރަމުންދާ މަސައްކަތައް ބަލާއިރު:
- ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓް ގައި 9 ފުލުހުން ހަރަކާތްތެރިވުން
- ލޮކޭޝަން ޗެގްގައި 27464 ފުލުހުން ހަރަކާތްތެރިވުން
- ވެހިކަލް ޗެކް ޕްއިންޓްގައި 86 ފުލުހުން ހަރަކާތްތެރިވުން
- ފުޓް ޕެޓްރޯލްގައި 1029 ގަޑިއިރާއި އަދި 55 މިނިޓް ހޭދަކުރުން
ހުއްޓުވައި ސުވާލު ކުރެވުނު މީހުންގެ އަދަދަށް ބަލާއިރު:
- ކުށުގެ ރެކޯޑް އޮތް 4776
- ކުށުގެ ރެކޯޑު ނެތް 488
- ޖުމްލަ 5264
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 703 ކޮމިއުނިޓީ އިންޓަރެކްޝަން ވަނީ ހިނގާފައެވެ. ކަންބޮޑުވުން ހުރި ކުށަކާއި ގުޅިގެން 81 ފަހަރަ، ކަންބޮޑުވުމެއް ނެތް ކަންކަމުގައި 137 ފަހަރު އަދި ހައްލުކުރުމަށް ކުރެވުނު 187 މަސައްކަތެއް ވަނީ ފާހަގަކުރެވިފައެވެ.
ރިކަވަރީގެ ތަފާސްހިސާބަށް ބަލާއިރު 109 ސައިކަލާއި، 13 ފޯނަކާއި، 8 އިލެކްޓްރީނިކްސް، 39 އެހެނިހެން ތަކެތި އަދި ފައިސާއާއި ގުޅުންހުރި 20 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އަދި ބިދޭސީންނާއި ގުޅުންހުރި 1 މައްސަލަ ބަލައި، އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

