ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފިއެވެ.

ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ”ލޫޓުވާލައިފި“ އެއްވުން ކުރިޔަށް ގެންދިޔައީ އޮކްޓޯބަރ 3 ގައެވެ. އާޓިފިޝަލް ބީޗުން ފަށައިގެން، އަމީނީ މަގުން ކުރިޔަށް ގެންދަން ނިންމި އެ އެއްވުމާއި ގުޅޭގޮތުން ފުލުހުންނާއި އެކުވީ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ މަސައްކަތް ކުރީ މަޖީދީ މަގުން ކުރިޔަށް ދިއުމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ޝީލްޑުތަކާއި، ބެރިކޭޑުތައް ބޭނުންކޮށްގެން ކުރިޔަށް ނުދެވޭނެހެން މަގު ބަންދުކޮށްލާފަ އެވެ.

ފުލުހުން ބުނީ ހިނގާލުން އަމީނީ މަގުން ކުރިޔަށް ގެންދިއުމަށް ޖާގަ ދޭނެކަމަށެވެ. މި އެއްވުން ހޫނުވެ، ޕެޕާރ ސްޕްރޭ ވެސް ބޭނުންކޮށްފައި ވެއެވެ.

މުޒާހަރާގެ ތެރެއިން ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ޕާޓީގެ މެމްބަރުން ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު އެ އެންމެންވެސް މިވަނީ ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހުއެވެ.

މި އެއްވުމަށް ފަހު، އަނެއްކާވެސް އިތުރު އެއްވުމެއް ނޮވެމްބަރު 17 ގައި ކުރިޔަށް ގެންދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: