ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު 28 މާޗުގައި ބާއްވަނީ!

އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ވަނަ އަހަރުގެ މާރޗު މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެކަން ހާމަ ކުރެއްވީ އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ، ކައުންސިލް އިންތިހާބު ބާއްވާނީ 28 މާޗުގައި ކަމަށާއި، އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅަން ހުޅުވާލާނީ 17 ޖެނުއަރީގައި ކަމަށެވެ. އަދި މިފަހަރު އިންތިހާބަށް ނަން ހުށަހަޅަން ހުޅުވާލާނީ އޮންލައިންކޮށް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މި އިންތިހާބަށް މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓީމުތަކާއި އެމްޑީޕީންވެސް ވަނީ ކެމްޕޭންތައް ފަށާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް ތައްޔާރީތައް ވަމުން އަންނައިރު، އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 100އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އިންތިޚާބަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް އަންނަ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަަމައަށް ކުރިއަށްދާނެކަމަށްވެސް އީސީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: