ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ރިޕޯޓުގައި ހުރި ކަންކަން ފުރަތަމަ އެނގުނީ އެމްޑީޕީގެ ކޯޅުމުގެ ތެރެއިން: ޝަރީފް

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ އޮޑިޓުގައި ހިމެނޭ ކަންކަން ހާމަވެގެންދިޔައީ އެމްޑީޕީގެ ކޯޅުމުގެ ތެރެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ޒަމާންތަކުގެ މަތިންވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ޕާޓީ ތިބިނަމަވެސް އޮތީ ދެ ފިކުރެއްކަމަށެވެ. އަދި ޕީއެންސީގެ މެމްބަރުން ނިސްބަތްވާ ފިކުރާއި އެމްޑީޕީގެ ފިކުރުގެ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ތެލާއި ފެން ދެމެދު ހުރި ފަރަގު ދެ ޕާޓީގެ ދެމެދު ހުރިކަމަށެވެ. އަދި އެމްޑީޕީގެ ތެރެއިން މެމްބަރަކު ޕީއެންސީއާއި ގުޅުނަސް ހިފަހައްޓާލަންވެސް ދަތިކަމަކަށް ވެގެންދާނެކަމަށާއި އެނބުރި އެކޮޅަށް ދިއުން އެކަށީގެންވާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ވެންޓިލޭޓަރުގެ ހިޔާނާތާއި މިފަދަ އެހެނިހެން މައްސަލަތަކުގެ ވާހަކަތައްވެސް މީގެ ކުރިން ދެއްކީ އެޕާޓީގެ މެމްބަރުންކަން ފެނިގެންދާކަމަށެވެ.

ޝަރީފް ވިދާޅުވީ، ކުރީގެ ބައެއް މެމްބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ހަގީގަތް ހާމަވެގެންދިޔަކަމަށެވެ. އަދި ކުރަމުންދާ ތަހުގީގުތައް ފަދަ މަސައްކަތްތަކުގައިވެސް އެކަމުގެ ސަބަބުން ކުރިއެރުން ލިބިގެންދާކަމަށެވެ. ސަބަބަކީ އެގޮތަށް ވާހަކަތައް ދައްކާފައި ހުރުމުން ފަސޭހައިން ދިމާވި މައްސަލަތައް ފެންނަން އޮތުންކަމަށެވެ.

މެމްބަރު ވިދާޅުވީ، އެކަކު އަނެކާއަށް ފާޑުކިޔުންތައް އަމާޒުކުރުމުގެ އިތުރުން ބައެއް ކޮމިޓީތަކުގައިވެސް އެފަދަ ވާހަކަތައް ދައްކާފައި ހުރިކަމަށެވެ. އަދި މިފަހުން އާންމުކުރި ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ހިމެނޭ ކަންކަމަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުމުގެ ތެރެއިން ފާހަގަކުރެވިގެންދިޔަ މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެދުވަހު ފެނެކައިގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ސައީދުގެ އަތް މައްޗަށް ބާރުތައް ނުދިނުމަށް އަދި މުޅި ނިޒާމުގެ ތެރެއިންވެސް ފެނަކައިގެ މައްސަލަތައް ހުރިކަން ބުނަމުންދިޔަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: