ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާޔަށް 30 ދުވަހުގެ ތެރޭގައި ވެރިޔަކު އަށްޔަން ކުރަން ޖެހޭ!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަންކުރުމަށް އެ ދެ ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިއަދު ބޭވި 52 ވަނަ ރަށްޔިތުން މަޖިލީހުގެ ޖަލްސާގައި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ދެ ބޭފުޅެއްގެ ނަމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް 6 ބޭފުޅެށްގެ ނަން ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހުށަހަޅުށްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުށަހަޅުށްވާފައި ވަނީ ފަތުހުﷲ ޖަމީލްގެ ނަމާއި އިސްމާއިލް ނާޝިދުގެ ނަން އެކަންޏެވެ. ރައީސް ސޯލިހް މިދެބޭފުޅުންގެ ތެރެއިން ފަތުހުﷲ ޖަމީލްގެ ނަމަށް އިސްކަނދެއްވާފައިވެއެވެ.

ފަތުހުﷲ ޖަމީލް މިވަގުތުވެސް މަސައްކަތް ކުރަމުން ގެންދަވަނީ ދިރާގުގައި ކަމުގައި ވާއިރު އިސްމާއިލް ނާޝިދު ކަސްޓަމްސްގައި މަސައްކަތް ކުރަމުން ގެންދަވާތާ 18 އަހަރު ވެއްޖެއެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައީސް ސޯލިހް  ފޮނުއްވައިފަވާ ހަ ބޭފުޅުންގެ ތަރުތީބަކީ:

1- މުހައްމަދު ސިރާޖު މުނީރު- ނިއުލައިޓް/ ފުވައްމުލައް، ދަނޑިމަގު.

2- އަސްމާ ޝަފީއު- ވައިޖެހޭގެ/ ހއ. އިހަވަންދޫ.

3- އިސްމާއިލް ސާޖިދު- މއ. ވިލާރޮދި.

4- އަހުމަދު ޝަރީފް- އަނބުގަސްދޮށުގެ/ ނ. މަނަދޫ.

5- އަހުމަދު ވާފިރު- ވ. އެލަމް.

6- ހަމްދީ އަގީލް- ހ. ރަންގަލި 4.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މިދިޔަމަހު މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުގައި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެއެވެ. މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: