ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ކުންފުނިތަކާއިވެސް މިސްކިތްތައް ހަދަން މިިދިޔަ ސަރުކާރުން ހަވާލުކޮށްފައިވޭ: ޑރ ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުން މިސްކިތްތައް އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުނިތަކާ މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު  މައުރޫފް ޒާކިރުގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބ. ކެންދޫ ހުކުރު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށެވެ. އަދި މި ކުންފުންޏަށް މިދިޔަ ސަރުކާރުން 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ދޮޅު ހަފްތާއެއްހާ ދުވަސް ކުރިން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތުގެ މަސައްކަތް ފެށުނީއްސުރެ ސައިޓުގައި އިންޖިނިއަރެއް ނެތި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ކުރެހުމާ ޚިލާފަށް މަސައްކަތްތައް ކުރެވި، މަސައްކަތް ހުއްޓުމަކަށް އައިސްފައިވެއެވެ. މިކަމާ ގުޅިގެން އިމާރާތްކުރާ ފަރާތާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި، އީމެއިލް އަދި ފޯނު މެދުވެރިކޮށްވެސް މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

”މިހާރު މިނިސްޓްރީގެ ވިސްނުން ހުރީ އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށް،“ މިނިސްޓަރު ވިދާޅުވިއެވެ. ”މިހާރު ކުރިއަށްދަނީ މަޝްރޫޢު ޓާމިނޭޓްކުރުމަށްޓަކައި ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް.“

މިސްކިތުގެ މަސައްކަތް ލަސްވަމުންދާތީ ކެންދޫ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މަޖިލިސް މެންބަރު މައުރޫފް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިކަމަކީ ސަރުކާރުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މައްސަލަ ހައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުތަކުން ކެންދޫއަށް ދަތުރުކޮށް، މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: