ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެއްސަކާ އިނުމުން ބޭރު މީހަކަށް އާސަންދަ ދިނުން ރަނގަޅެއް ނޫން: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތަކާ ކައިވެނިކޮށްލާއިރަށް އާސަންދަ ފަދަ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ ރަނގަޅު ގޮތް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ރާއްޖޭގައި މީހުންނާއި އިނދެގެން ދިރިއުޅެމުންދާ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އާސަންދަ ފަދަ ހިދުމަތްތައް ނުލިބޭތީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ހިޔާލު ހޯދުމަށްޓަކައި ހުށައަޅާފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، މިކަން ހެޔޮ ނިޔަތުގައި ހުށައަޅާފައިވާނަމަ އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ ގާނޫނުތަކަށާް އިސްލާހު ގެނައުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖެއާއި ބޭރު ބައެއް ގައުމުތަކުގައިވެސް މީހުން އެގޮތަށް އިނދެގެން ދިރިއުޅޭކަމަށާއި މަސައްކަތްތަކުގެ ބޭނުމުގައި ރާއްޖެއަށް ދިގު މުއްދަތަކަށް އަންނައިރު ބައެއް މީހުން އެ ދިރިއުޅުމުގައި ފަަސޭހައެއް ހޯދުމުގެ ބޭނުމުގައިވެސް ކައިވެނިކުރާކަމަށެވެ. މިގޮތުން އާސަންދައާއި ކެއިން ބުއިމުގެ ފަސޭހަތަކުގެ އިތުރުުން ދޮވެ އިސްތިރިކުރުމުގެ ފަސޭހައަށްވެސް އުޅޭކަމަށާއި ދަރިން ނުހޯދާވެސް އެގޮތަށް ދިރިއުޅޭކަމަށެވެ.

އެހެންކަމުން ކައިވެންޏެއް ކުރުމުން ދިވެހި އެހެން ރައްޔިތުންނަށް ލިބޭ އާސަންދައާއި އެންސްޕާގެ ހިދުމަތް އެއްވެސް މީހަކަށް ލިބުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މީހަކާއި އިނދެ މާމަ ނުވަތަ ކާފަ ދަރިން ލިބިގެންދާ މުއްދަތުވެގެންދާއިރު އެހިސާބުން ރަސްމީގޮތުން ހައިސިއްޔަތު ނެތަސް އެއީ ރައްޔިތަކާއި އެއްފަދަ މީހެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

އެފަދަ ހާލަތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަންވެސް ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ، ޕީއެންސީން މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޑީޕީގެ ފަރާތުން ހެޔޮ ނިޔަތުގައި މަސައްކަތްތަކެއް ހުށައަޅައި ހާލަތެއްގައި އެކަމެއް ބަލައިގަންނަ ގޮތުގެ މަތިންކަމަށެވެ. ނަމަވެސް ދާދި ފަހުން މެމްބަރަކު އިސްލާހެއް ހުށައެޅުއްވިއިރު ބަލައިގަތުމަށް ވޯޓު ނެގިއިރު ތަޅުމަށް ވަދެވަޑައިނުގެންނެވިކަމަށްވުމުން ހިތާމަކުރައްވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: