ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށްފި

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި 5 ވަނަ މީހާ
ޝެއާރކޮށްލާ ކަހަލަދޯ؟

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ ތުލުސްދޫ ލިންކް ލިންކް 52 އަހަރުގެ ހަސަން އަބްދުއްރަހްމާން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 އޮކްޓޯބަރ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފްއާއި، މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީގެ އިތުރުން، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: