ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ.ގަން، ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ލ.ގަން، ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި އައު ނިޒާމުގެ މަސައްކަތް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އައު ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދުޅަހެޔޮ، ރައްކާތެރި އަދި ዘަމާނީ ނަރުދަމާ ނިޒާމެއް ފޯރުކޮށްދިނުމަށް ހިންގާ ބިޔަ މަޝްރޫޢެކެވެ. މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ލ. ގަމުގައި މިއަދު ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއާއި، ލ.ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުއާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދުއާއި، ލ. ގަމުގެ ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމް.ޑަބްލިޔު.އެސް.ސީ ގެ އިސް ބޭފުޅުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. މިގޮތުން ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމާއި ސީ އައުޓް ފޯލް ބެހެއްޓުން ހިމެނެއެވެ. އަދި ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ސަރަހައްދުގެ ހުރިހާ ގެތަކަށް ވެސް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ލ. ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 36.53 މިލިއަން ދިވެހި ރުފިޔާއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މި މަޝްރޫޢު ނިމުމުން، ލ. ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ރައްކާތެރި އަދި ޞިއްޙަތަށް ފައިދާހުރި ގޮތަކަށް ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެއެވެ. މިއީ ސާފުތާހިރުކަމާއި ދުޅަހެޔޮ މާޙައުލެއް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މުހިންމު މަޝްރޫޢެކެވެ، އަދި މީގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: