ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

ދިރާގު އައިސިކް މިއުޒިކް ޝޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ދިވެހި ހުނަރުވެރިންނާއެކު ދިރާގު އައިސިކް މިއުޒިކް ޝޯ މި ހުކުރު ދުވަހުގެ ރޭ 8:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށް ފަހު، އެ ދުވަހުގެ ރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯ ގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނެއެވެ.

މީގެ އިތުރުން، މި ޝޯ ހިނގަމުންދާ ވަގުތު ދިރާގު ގޭމާސް ގިލްޑިއިން ގޭމިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި އާންމުނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި، ”ކިންގ އޮފް ހިލް“ ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ހާއްސަ އިނާމެއް ލިބިގެންދާނެއެވެ.

”ދިރާގު x އައިސިކް“ ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެއެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމުގައިވާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16ވަނަ އެޑިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ މި އަހަރު ރަޖިސްޓަރީކޮށްފައެވެ. މި ދުވުމުގެ އިތުރުން، އެ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލަ ގަދަ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ދުވުމުގެ ބައިވެރިންނާއި ފަންނާނުންނާއެކު ”ދިރާގު x އައިސިކް‘ މިއުޒިކް ޝޯއަކާ އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: