ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު މީހުނަށް އާސަންދަ ދިނުމުގެ ވާހަކަތައް ދައްކާއިރު ދިވެހިންގެ ހާލަތަށް ބެލުން މުހިންމު: އިބްރާހިމް ހުސައިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމެއްގެ މީހަކަށް ދިވެއްސަކާއި އިނުމުން ސިއްހީ ހިދުމަތްތައް ލިބިގެންދާ ވާހަކަތައް ދައްކާއިރު ދިވެހިންނަށް އެ ހިދުމަތް ކަށަވަރުކޮށްދެވިފައިވާ މިިންވަރާއިމެދު ވިސްނާލުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ހުސައިން ވިދާޅުވީ، ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ފަދަ ހިދުމަތްތައް ދިނުމުގެ ވާހަކަތައް ދައްކާއިރު ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ބޭސް ފަރުވާ ފަދަ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުނުކޮށްދެވޭ މަންޒަރު ފެންނަކަމާއިމެދު ވިސްނާލުން މުހިންމުކަމަށެވެ.

މެމްބަރު ވިދާޅުވީ، ގައުމު ނާޒުކު ހާލަތެއްގައި އޮތްއިރު އިތުރު ބަޔަކު ހިދުމަތް ފޯރުކޮށްދޭންޖެހޭ މީހުންގެ ލިސްޓަށް ގުނަކުރަންވީތޯ ވިސްނާލަންޖެހޭކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން މިފަދަ ވިސްނުމެއްގެ މަތިން ނިޒާމު ބައްޓަންކޮށްފައިވާ ފަރާތްތަކުން ވެސް މިކަމުގައި އަނެއްކާވެސް ދެވަނަ ވިސްނުމަކަށް ދިއުމަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެނިގެންދާކަމަށް ވިދާޅުވި އެވެ.

ވިސްނުންތެރިކަމާއިއެކު މަސައްކަތްތައް ކުރިއަށް ނުގެންދާ ހާލަތުގައި ގައުމުގެ ދެމެހެއްޓިނިވިކަމާއިމެދު ސުވާލު އުފެދޭ ހާލަތު މެދުވެރިވެގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެޕާޓީގެ މެމްބަރުންނަށް މީގެން އެއްވެސް މައްސަލަައެއް އޮތްތަން ނުފެންނަކަމަށެވެ.

ނަމަވެސް ވެރިކަމުން ފައިބައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މަސައްކަތް ފެށުމާއިއެކު ނުފެންނަ އެއްވެސް މައްސަލައެއް ނޯންނަކަމަށާއި އެޕާޓީގެ ވެރިކަމެއްގައި އަބަދުވެސް ފެނިގެންދަނީ ގާނޫނެއް ގަވައިދެއް ބެލުމެއް ނެތި އެކި އަމަލުތައް ހިންގާ މަންޒަރުކަމަށެވެ.

މެމްބަރު ވިދާޅުވީ، އޭރު ބިދޭސީންގެ ސިއްހީ ހިދުމަތްތަކުގައި ހުރި މައްސަލަތައް އެމްޑީޕީއަށް ނުފެންނަކަމަށާއި ނަމަވެސް ދިވެއްސަކާއި އިންނަ ބިދޭސީއަކަށް ވަކި މުއްދަތެއް ހަމަވުމުން ބޭސް ފަރުވާ ފަަދަ އިންތިޒާމުތައް ހަމަޖެހިގެންދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: