ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ފައިދާވާ ކުންފުނިތައް ބަނގުރޫޓުވާ މަންޒަރު: ރޮޒައިނާ

މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިދާވަމުން އައި އެސްްއޯއީތައް ބަނގުރޫޓުވަމުންދާ މަންޒަރު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، ފެންނަމުންދަނީ ބިރުވެރި މަންޒަރުތަކެއް ކަމަށާއި ކުރިން ފައިދާވަމުން އައި ކުންފުނިތައް ބަނގުރޫޓުވުމާއި ދިމާލަށް މިސްރާބު ބަދަލުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ބީއެމްއެލްއަކީ ސަރުކާރުގެ ކެމްޕެއިންކުރުމަށް ބޭނުންކުރާ ތަނަކަށް ބަދަލުވެފައިވާކަމަށާއި ސިޔާސީ ދަތުރުތަކަށް ފަންޑުކުރުމުގެ ސަބަބުން އެ ކުންފުނި ހުސްވަމުންދާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އެމްއޭސީއެލްއަކީވެސް ކުރިން ފައިދާވަމުން އައި ކުންފުންޏެއްކަމަށާއި އެތަނަށްވެސް ސަރުކާރު އައި ފަހުން ބޮޑު މުސާރައިގައި 3000 އަށްވުރެ ގިނަ މުއައްޒަފުން ވައްދައިފިކަމަށެވެ. އަދި އެންމެ އިސްކޮށް ތިބޭ މީހުން މުސާރަ ނަގައިގެން ގޭގައި ތިބޭކަމަށާއި ކުންފުންޏަކަށް ބޭނުން ނުވާ މިންވަރަށް މީހުން ވެއްދުމުން އެތަނުގެ އުފެއްދުންތެރިކަމަށް ވެގެންދާނެ ގޮތް އޯލެވެލް ފެންވަރުގައި އިކޮނޮމިކް ހަދާ ކުއްޖަކަށްވެސް އެނގޭނެކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، އެމްއޭސީއެލް ވެސް ބަނގުރޫޓުވަމުންދާކަމަށާއި ސްޓެލްކޯވެސް އޮތީ އެއް ހާލަތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން ހަގީގަތުގައި އެއްވެސް ކަމެއް ނުކުރާކަމަށެވެ. އަދި ހުރިހާ ވުޒާރާތަކާއި ކުންފުނިތަކުގެ ވެރިންގެ ބޭކާރު ހަރަދުތައް އިތުރުވަމުންދާކަމަށާއި ފައިދާއެއްނުވާ ދަތުރުތަކަށް ބޭކާރު ކުރަމުންދާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ފައިސާ ނެތްކަމަށް ބުނެ ސަރުކާރުންވަނީ ނިމިދިޔަ ދައުރުގައި ފެށި މަސައްކަތްތައް ހުއްޓާލާފައިކަމަށެވެ. ނަމަވެސް އެއީ އެކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިގްތިސާދަށް ފައިދާ ކުރާނެ ކަންކަން ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: