ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރިކައިގެ ދާއިރާއިން، ޢިލްމީ މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ: މިނިސްޓަރު

މިނިސްޓަރ ނަސީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރިކައިގެ ދާއިރާއިން، ޢިލްމީ މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ މި ދާއިރާގައި އެންމެ މުހިންމު އެއްބަޔަކީ ސިކުނޑި ބިނާކުރުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ސިޔާސަތު ކަނޑައެޅުއްވުމުގައި މައިގަނޑު އަސާސީ ދެކަމެއް ފާހަގަކުރައްވާފައިވާކަމަށެވެ. އެއީ ސިކުނޑި ބިނާކުރުމާއި އުމްރާނީ ތަރައްޤީގެ ވާހަކަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ދެކަމުގެ ތެރެއިން ތަރިކައިގެ ދާއިރާގައި އެންމެ މުހިންމު އެއްބަޔަކީ ސިކުނޑި ބިނާކުރުން ކަމަށް މިނިސްޓަރު ފަހަގަކުރެއްވިއެވެ.

ތަރިކައިގެ ދާއިރާއަކީ ހަމައެކަނި ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ބިނާވެފައިވާ ދާއިރާއެއްގެ ގޮތުގައި ނުދެކި، ވިސްނުމެއްގެ ގޮތުގައި، ވަކި ފިލޯސޮފީއެއްގެ މައްޗަށް ބިނާކޮށް، ވަކި އަސްލުތަކެއްގެ މައްޗަށް މިދާއިރާ ބިނާކުރުމަށް ސަރުކާރުން އިސްކަންދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދާއިރާގެ ހައިސިއްޔަތު ފުރިހަމަކުރުމަށްޓަކައި، މިދާއިރާގެ އެންމެ އިސް ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކަންކަން ހިނގާނެ ގޮތަށް، އެކަމަށް ބޭނުންވާ ކައުންސިލެއް މިހާރުވަނީ އެކުލަވާލެވިފައެވެ. އަދި މިދާއިރާއަށް ޚާއްސަ އިތުރު މުއައްސަސާއެއްވެސް ވަނީ އެކުލަވާލެވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ތަރިކައިގެ ދާއިރާގެ ޢިލްމީ އޮނިގަނޑު މިހާރުވަނީ އެކުލަވާލެވިފައެވެ. މިދާއިރާ ޢާންމުކޮށް ތަޢާރަފުކޮށްދީ، ޢިލްމީ ވިސްނުންގެ ދާއިރާއެއް ތަރައްޤީކުރުމަށްޓަކައި، އާ ޖީލުގެ ކޮމިއުނިޓީއެއްވެސް ވަނީ އުފައްދާފައެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މިހާތަނަށް ކުރެވިފައި ހުރި މައިގަނޑު ފިކުރީ މަސައްކަތްތައް ކަމަށާއި، މިކަންކަމާ ގުޅޭ މާއްދީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. މިގޮތުން ތަރިކައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށް ސަރުކާރުން ފިކުރީ އަދި މާއްދީ ގޮތުންވެސް މަސައްކަތް ކުރަމުންދާކަން މިނިސްޓަރުގެ ވާހަކައިން ހާމަވެގެން ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: