ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ފެށި މަޝްރޫޢުތައް ހުއްޓުނީ ޕްލޭނެއް ނެތުމުގެ ސަބަބުން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫޢުތައް ހުއްޓުމަށް ދިމާވަނީ އެކަށީގެންވާ ރޭވުމެއް ނެތި މަސައްކަތްތައް ފަށަމުން އައިސްފައިވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރިޔާޒް ވިދާޅުވީ، މީގެ ކުރިން ދުރުރާސްތާއަށް ވިސްނައިގެން ތަރައްގީގެ ޕްލޭނެއް ގެންގުޅުއްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްކަމަށެވެ. އަދި އެއަށްފަހު އެފަދަ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތްތަކެއް އެއްވެސް ވެރިއަކަށް ކުރެވިފައި ނެތްކަމަށް ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އަހަރުތަކެއް ފަހުން އަނެއްކާވެސް، އެފަދަ ޕްލޭނަކާއި އެކު ކުރިޔަށް ގެންދިއުމުގެ ވިސްނުން ހުރި ބޭފުޅަކަށް ހުންނެވީ ރައީސް މުއިއްޒުކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވެސް އެ އަމާޒުގައި ކަމަށެވެ.

މެމްބަރު ވިދާޅުވީ، ގައުމުގެ މިސްރާބު ކަނޑައެޅުމުގެ ގޮތުން ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި އަމަލީ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާކަމަށެވެ. އަދި މަޝްރޫޢުތައް ކުރިއަށް ނުގެންދެވިދާ މައްސަލައިގެ ފަހަތުގައިވާ އެއް ސަބަބަކީ އެކަށީގެންވާ ރޭވުމެއް ނެތުންކަމަށް ދެކޭކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމުން އޭގެ ކުރިން ފަށާފައިވާ ކަންކަން މަޑުޖައްސާލަން އެދޭކަމަށާއި އައު ކަންތައްތަކެއް ފަށަން ބޭނުންވާ ކަމަށެވެ. އެކަން ދިމާވަނީ ޕްލޭނެއް ނެތުމުގެ ސަބަބުންކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެކަން ދިމާވަނީ ރަނގަޅު ވިސްނުމެއްގެ މަތިން ގައުމު އާރާސްތުކުރަން ބޭނުންވާ ގޮތެއް ކަނޑައެޅި އެކަމުގެ މައްޗަށް އެއްބަސްވެވިފައި ނެތުމުންކަމަށެވެ. ނަމަވެސް މިހާރު އެފަދަ ޕްލޭނެއް އެކަށައެޅުމުގެ ވިސްނުން އައިސް އަމަލީ ސިފަ ޖެހިފައިވާކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒަމާނުން ފެށިގެން ފެނާއި ނަރުދަމާ ގާއިމުކުރުން ފަދަ މަސައްކަތްތައް ކުރެވެމުން އައިސް ކުރިއަށް އޮތް ތަނުގައި ވެރިކަމާއި ހަވާލުވާ މީހަކު އެފަދަ މަސައްކަތްތައް ކުރިއަށް ގެންދަން ނުޖެހޭނެކަމަށެވެ. އެހެންކަމުން ދެން ޖެހޭނީ އެ ވަސީލަތްތައް ދެމެހެއްޓުމުގެ މަސައްކަތްތައް ކުރަންކަމަށާއި ކުރިއަށް އޮތް ތަނުގައި މިގޮތުގެ މަތިން އަމަލުކުރުމުގެ ސަބަބުން ކުޑަ ހަރަދެއްގައި މަސައްކަތްތައް ފުރިހަމަ ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ހަގީގަތަށް ބަލާއިރު މީގެ ކުރިން ރާއްޖޭގެ ވެރިކަމަށް އައި ފަރާތްތަކުން ޕްރޮޖެކްޓުތައް ހަވާލުކުރުމަށްފަހު އެކަމުގެ ތެރެއިން ނާޖާއިޒް މަންފާތަކެއް ހާސިލުކޮށްފައިވާކަން ފެނިގެންދާކަމަށެވެ. އަދި އެކަމުގެ ހިތި ނަތީޖާ ތަހައްމަލުކުރަންޖެހެނީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: