ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް ކާމިޔާބުކަމާއެކު ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީއެމްއެލުން ބުނީ، ނުވަ ދުވަހަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ނުވަ ކެޓަގަރީއަކަށް ކުޑަކުދިންގެ ޓީމްތަކުން ވާދަކޮށްފައިވާ ކަމަށެވެ. މި މުބާރާތުގައި ޖުމުލަ 138 ކުޅުންތެރިން ބައިވެރިވި ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަވަނަ ހާސިލުކުރި ކުޅުންތެރިންނަށް އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފައެވެ.

މިއީ ބީއެމްއެލްއާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

ބީއެމްއެލްއާއި ޓީއޭއެމް އިން މި މުބާރާތް ބާއްވަން އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: