ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ހިޔާނާތް ފަޅާ އަރުވާލި ޤާސިމް އެމް.ސީ.އައި.އެފް.އެލް ގެ ޗެއާމަންކަމަށް!

އެމް.ސީ.އައި.އެފް.އެލް ގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރި ޤާސިމް. ފޮޓޯ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ފަޅާ އަރުވާލި ގާސިމް އަބްދުލްކަރީމް މޯލްޑިވިސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމް.ސީ.އައި.އެފް.އެލް)ގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.

އެމް.ސީ.އައި.އެފް.އެލް އަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްޤީ ކުރުމަށް 2016 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އުފެއްދި ސެންޓަރެކެވެ. ޤާސިމް އެ ސެންޓަރުގެ ޗެއާމަން ކަމަށް އައްޔަންކޮށްފައިވަނީ އެ ސެންޓަރުގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުންނެވެ.

އެމްއެމްޕީއާރުސިގެ މައްސަލަ ޤާސިމް ފަޅާ އަރުވާލިއިރު އޭނާ ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވިއިރުއެވެ. އެ މަޤާމުގައި ހުންނަވައިގެން ”ވިސްލް ބްލޯއިން“ އުސޫލާއި ޚިލާފަ ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އޭނާ ވަނީ 8 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އޭނާ ޖަލުހުކުމުން މިނިވަން ވެފައިވަނީ 2016 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: