ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް އެކްސިޑެންޓަށްވުރެ ވައްކަމުގެ މައްސަލަތައް ގިނަ: ފުލުހުން

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކް އެކްސިޑެންޓުތަކަށްވުރެ ވައްކަމުގެ މައްސަލަތައް ގިނަވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މިހާތަނަށް އެ މުއައްސަސާއަށް ވައްކަމާއި ގުޅުންހުރި 2744 މައްސަލައެއް ހުށައެޅިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅިގެން ހުށައެޅިފައިވަނީ 2418 މައްސަލަކަން ހާމަކޮށްފައިވެއެވެ.

ގިނަ އަދަދެއްގެ މައްސަލަތައް ރެކޯޑުކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެއެވެ. މި ބާވަތުގެ 1582 މައްސަލައެއް ހުށައެޅިފައިވާއިރު މުދާ ގެއްލިގެން 772 މައްސަލައެއް ހުށައަޅާފައިވެއެވެ.

މުދަލާއި ތަންތަނަށް ގެއްލުންދިނުމުގެ 475 މައްސަލައެއް ހުށައެޅިފައިވާއިރު މާރާމާރީ ހިންގައިގެން 477 މައްސަލަ އަދި ފޭރުމުގެ 180 މައްސަލައެއްވެސް ހުށައެޅިފައިވެއެވެ. މި މުއްދަތުގައި ގެވެށި އަނިޔާގެ 250 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 202 މައްސަލައެއް ރެކޯޑުކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: