ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމާއި މެމްބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އިސްތިއުފާ ދެއްވައިފިއެވެ.

ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ.

ކޮމިޝަނުގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ މިދިޔަ ޖޫން މަހުގެ 12 ގައެވެ

ކުއްލި ގޮތަކަށް ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުން ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު މުހައްމަދު ދާދިފަހުން ވަނީ އައްޔަނުކޮށް އެވެ.

މިފަހުން ރިޒާ ވަނީ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޝަރީއަތްތައް ލަސްވާ މައްސަލައާއި ވަކީލުން އެދިގެންވެސް އަޑުއެހުންތައް ކެންސަލް ކުރަންޖެހޭކަން ރިޒާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: