ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ – ހުޅުދޫ/މީދޫ ބްރިޖުގެ ތަފާތު ކޮންސެޕްޓްތަކެއް، ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ކުންފުންޏަކަށް!

ހިތަދޫ، ހުޅުދޫ/މީދޫ ބްރިޖުގެ ސާވޭގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް ހަވާލު ކުރުން/ ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ އަދި މީދޫ ގުޅުވާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރުމާއި ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި ޑީޓެއިލް ޑިޒައިން ކުރުން ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ. އަދި މަސައްކަތް ހަވާލުކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ތަޖުރިބާ ހުރި ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކުންފުންޏަށެވެ.

އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗުގެ ރައީސް ޗެން ޝީއޯހޫއެވެ.

އެއްބަސްވުމުގެ ދަށުން ސާވޭތައް ކުރުމާއި، ޑިޒައިން ތައްޔާރުކުރުން އަދި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިއުންތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރ ވިދާޅުވެފައި ވަނީ، ކޮންސަލްޓަންޓަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ- ހުޅުދޫ/މީދޫ ގުޅާލުމުގެ މަޝްރޫއަކީ އައްޑޫއަށް އެންމެ އެކަށޭނަ މަޝްރޫޢެއްތޯ ދެނެގަތުމަށް ސަރވޭ އެއް ކުރުން ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ކަނޑައެޅުމާއި، މަޝްރޫއުއަށް ހިންގާނެ ހަރަދުތައް އަންދާޒާ ކުރުމާއި، ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ހިމެނެ އެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ އެކި ނިޒާމުތަކަށް ސަރވޭ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި ދިރާސާތަކާއި ތަފްސީލީ ކުރެހުންތައް ތައްޔާރު ކުރެވުމުން، މާލީ ކަންކަން ހަމަޖެއްސުމަށާއި މަޝްރޫއު ތަންފީޒު ކުރާނެ ފަރާތެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި މަސައްކަތްތަކަށް ކުންފުންޏެއް ހަމަޖެހުމާއެކު، ޢަމަލީ މަސައްކަތް އަވަހަށް ފެށުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މީގެ ކުރިން މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ކުރިޔަށް ނުގެންދެވުނު ސަބަބު ވެސް މިނިސްޓަރ ތަފްސީލުކޮށްދެއްވި އެވެ. އެގޮތުން އޭރު މަސައްކަތް ހަވާލުކުރެވިފައި ވަނީ މާލީ ކަންކަމާއި އިމާރާތްކު ރުމުގެ މަސައްކަތްވެސް ހިމެނޭގޮތަށް ކަމަށްވެފައި ސަރވޭ ނިންމައި، ޕްރޮޕޯސަލް ހުށަހެޅުމާ ހަމައަށް ދެވުނު ނަމަވެސް، އެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ ސަބަބަށްޓަކައި ކޮންސަލްޓަންސީގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރަން ޖެހުނީކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: