ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކުގެ މަސައްކަތް ޑިސެމްބަރުގެ ކުރިން ފަށާނެ: އަމީން

ނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކުގެ މަސައްކަތް ޑިސެމްބަރުގެ ކުރިން ފަށާ، އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްގެ ސުވާލަކަށެވެ. އެގޮތުން މެންބަރު ސުވާލުކުރެއްވީ ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ވަނީ ކީއްވެގެންތޯއެވެ. މިދިޔަ މާރިޗު މަހު ރާއްޖޭގައި މި ހިދުމަތް ދޭން ފަށާނެކަމަށް ވިދާޅުވެފައި އޮތްކަން މެންބަރު ފާހަގަކުރެއްވިއެވެ. މި ހިދުމަތް ފެށޭނެކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބައިތޯ އާއި ހިދުމަތްދޭން ހަވާލުކޮށްފައިވާނަމަ، އެ ހިދުމަތްދޭޏް ހަވާލުކޮށްފައިވާނަމަ އެ ކުންފުނިން އަދިވެސް ހުރީ ހިދުމަތް ފަށާ ގޮތަށްތޯ ސުވާލުކުރިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ 25 އަކަށް އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކޮށްފައިވާކަމަށެވެ. މި ހިދުމަތް ހުއްޓާލީ އޭރު ދިމާވި ބައެއް ހިތާވެރި ހާދިސާތަކާއިއެކުކަމަށާއި، އޭރު މި ހިދުމަތް ދިނުމުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ މާ ބޮޑު ހިއްސާއެއް ނެތްކަމަށް އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަން، ސާރޗް އެންޑް ރެކިއުފަދަ މެޑިކަލް އިކުއޭޝަންތައް ނުވަތަ އިއްޒަތްތެރި ތަންތަނަށް ވަޑައިގަންނަވާއިރުވެސް އޮތް އެންމެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ ހެލިކޮޕްޓަރުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ނަމަވެސް ހިނގާފައިވާ ހާދިސާތަކަށްފަހު ހެލިކޮޕްޓަރު ބޭނުން ކުރަން ފަސް ޖެހެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާޕޯޓުތައް ގިނަވާން ދިމާވާ މައިގަނޑު ސަބަބަކީވެސް ޒަރޫރީ ބޭނުންތަކަށް ފަސޭހަކަމާއިއެކު އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ދަތުރު ނުކުރެވޭތީކަމަށް ފާހަގަކުރެއްވިއެވެ.

އެގޮތުން ވިސްނިކަމަ ށްވީ ނަމަވެސް ހެލިކޮޕްޓަރަކީ މިއަދު ވަރަށް މުހިންމު އެއްޗެއް. އަދި ސާރޗް އެންޑް ރެސްކިއުއަށްވެސް ވަރަށް މުހިންމު އެއްޗެއް. އަދި ޓޫރިޒަމް ރާއްޖޭގައި ފުޅާވަމުން ދާއިރުގައި، އަޅުގަނޑުމެންގެ އެއާޕޯޓުތަކަށް 24 ގަނޑިއިރު، ބޯޓުތައް އައިކަމުގައިވިއަސް، އަޅުގަނޑުމެންނަށް ސީޕްލޭން ބޭނުންކޮށްގެން ދުވާލު އެކަނި ބޭނުން ކުރެވޭތީ ހެލިކޮޕްޓަރު އޮޕަރޭޝަންސް ރާއްޖޭގައި ފެށުމަކީ ވަރަށް މުހިންމުކަމެއް.

އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސީޕްލޭންކަމަށްވާނަމަ ހަމައެކަނި ބޭނުންކުރެވެނީ ދުވާލުކަމަށާއި، މިފަދަ ގިނަ ސަބަބުތަކަށްޓަކައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޖެހޭކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް އޮޕަރޭޝަނަލް ސޭފްޓީ އޮޑިޓް ހަދާ އެއް ގައުމުކަމަށްވާ އެމެރިކާގެ އިދާރާތަކާއިއެކު، ބިރުކަން އޮތީތީ އެކަމަށް ހައްލު ހޯދުމަށް އެސެސްމެންޓްތައް ހަދަމުން ގެންދާކަމަށް އަމީން ވިދާޅުވިއެވެ. ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރާކަމަށް ފާހަގަކުރެއްވިއެވެ.

މިގޮތުން ހޯދި ހޯދުންތަކުން ރާއްޖޭގައި ވަކި މިންގަނޑަކަށް ފެތޭ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަކީ ސަލާމަތީ ގޮތުން އެންމެ ރަނގަޅު ނިންމުން ނޫންކަން މި އެސެސްމެންޓް ހާމަވެފައިވާކަމަށް ފާހަގަކޮށް އަމީން ވިދާޅުވީ، އެހެންކަމުން ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ބިލިއަން ޑޮލަރ ފައިދާވެފައި އެބަހުރިކަމަށާއި، މިއީ މާ ބޮޑު އިންވެސްޓްމެންޓެއް ކޮށްގެން ވީ ފައިދާއެއް ނޫންކަމަށް އަމީން ފާހަގަކުރެއްވިއެވެ. ސަރުކާރުން ކުރާ އިންވެސްޓްމެންޓްތަކުން ހަމައެކަނި ޓެކްސްއިން ފައިދާ ނުލިބި އެހެން ފައިދާތައް ހޯދުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިސެމްބަރުގެ ކުރިން، އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ކުންފުންޏަކާއިއެކު ކުރިއަށް ދިއުމަށް ނުނިންމާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: