ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަށް އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި ހުސްނީ މުބާރިކް!

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރިކް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ހުސްނީގެ ނަން މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއެވެ. ހުސްނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓުދެއްވިއެވެ.

ހުސްނީ މުބާރިކް ޖޭއެސްސީއަށް އައްޔަން ކުރެވުނީ، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ގޮނޑިއަށެވެ. ރިޒާ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ކޮމިޝަނުގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ މިދިޔަ ޖޫން މަހުގެ 12 ގައެވެ.

ކުއްލި ގޮތަކަށް ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް، އިސްތިއުފާ ދެއްވުމުގެ ކުރިން ރިޒާ ވަނީ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޝަރީއަތްތައް ލަސްވާ މައްސަލައާއި ވަކީލުން އެދިގެންވެސް އަޑުއެހުންތައް ކެންސަލް ކުރަންޖެހޭކަން ރިޒާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނެއެވެ. އަދި ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަލް ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ފާހަގަކުރެއްވިއެވެ.

މިދިޔަ ދުވަސްތަކުގައި ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުން ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު މުހައްމަދު ވަނީ އައްޔަނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: