ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

72 ކިލޯގެ ޑްރަގް ކޭސް: އިސްތިއުނާފު މައްސަލަ ބަލައިގަންނަން އަންގައިފި!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ 300 ރުފިޔާ ދައްކާފައި ނުވާކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ހައިކޯޓުން ބޭރުކޮށްލި ނަމަވެސް، އެ މައްސަލަ އަލުން ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަންގައިފިއެވެ.

މިއީ މަސްދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި، ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފެވެ.

ދައުލަތުން ހުށަހެޅި އެ މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލައިގެ ރެޖިސްޓްރޭޝަން ފީ، ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ދައްކާފައި ނުވާތީ އެވެ.

2020 ވަނަ އަހަރު ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނިކޮތް އަތުލައިގަނެ މައްސަލައިގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތު ކުރަނީ އައްޑޫ، ހުޅުދޫ ދޭލިއާގެ، އިރުފާން ތަގިއްޔުއަށެވެ.

މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ނަމަވެސް، ޝަރީއަތް ހިންގީ ތިން މީހުންގެ މައްޗަށެވެ. އެއީ އިރުފާންގެ އިތުރުން، ދ. މާއެނބޫދޫ، އަނބުގަސްދޮށުގޭ އަހުމަދު ނަސީރާއި، ހ. ގާޑަންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެހެންވެ ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މިދިޔަ އޭޕްރިލް މަހު ހުށަހެޅި އެ މައްސަލަ ބަލައި ނުގަންނަކަމަށް ލިއުން ފޮނުވާފައިވާއިރު، ހައިކޯޓުގެ ރެޖިސްޓްރަރ ސޮއި ކުރައްވާފައިވާ ލިއުމުގައި ވަނީ ބަޔާންކުރި މުއްދަތުގައި ޕީޖީން ފީ ދައްކާފައި ނުވާކަމަށެވެ. އެއީ 300 ރުފިޔާ އެވެ. އެގޮތަށް ހައިކޯޓުން ނިންމުމުން ޕީޖީން އެ މައްސަލަ މުރާޖައާކޮށްދޭންވެސް ހުށަހެޅިއެވެ.

އެހެންކަމުން މިހާރު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިވަނީ އެ މައްސަލަ ބަލައިގަތުމަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: