ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ފަންރަން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ އުރީދޫ ފަންރަން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފަން ރަންގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިން ކޮންމެ ރެއަކުވެސް މިހާރު ދަނީ ދިއްލާލަމުންނެވެ.

އުރީދޫ މޯލްޑިވްސްގެ މި ހަރަކާތް އިތުރަށް ހާއްސަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފަ އެވެ. އަދި ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ.

ބައިވެރިވުމަށް:

  1. އުރީދޫ ފަންރަން އަށް ހާއްސަ ކޮށް އުރީދޫ ބިލްޑިންގ ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާލާ
  2. އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޕޯސްޓްކޮށްލާ
  3. އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަންރަން ހޭޝްޓެގް ބޭނުންކޮށްލާ

އުރީދޫ ފަން ރަން އަކީ އުރީދޫއިން ކޮންމެ އަހަރަކުވެސް ބާއްވާ، ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ އިވެންޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: