ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުންދަނީ އެއް ޕްރޮޖެކްޓެއް އެކި މީހުންނާއި ހަވާލުކުރަމުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ޕްރޮޖެކްޓެއް އެކި ފަހަރު އެކި ކޮންޓްރެކްޓަރުންނާއި ސަރުކާރުން ހަވާލުކުރާ މަންޒަރު ފެނިގެންދާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ސަރުކާރުން ބޭރު ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކަށްވެސް އެއް ޕްރޮޖެކްޓެއް އެކި ފުރުސަތުތަކުގައި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ މަންޒަރު ފެނިގެންދާކަމަށާއި އެކަންކަމުގައި އެއްވެސް ކުރިއެރުމެއް އަންނަ މަންޒަރު ނުފެންނަކަމަށެވެ.

އަމީރު ވިދާޅުވީ، ކުރިން ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އެކުލަވާލި އެއްބަސްވުންތައް ބާތިލުކުރީ ގާނޫނީ ކޮން ހަމައެއްގެ މަތިންކަންވެސް އެނގެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އާންމު ފަރުދުންގެ ވިޔަފާރިތަކަށް އަޅާނުލާ ދޫކޮށްލާފައިވާއިރު އައު ކޮންޓްރެކްޓުތައް އެސްއޯއީތައް ދެމެދު ގާއިމުކުރަމުންދާކަމަށާއި ދެފުށް ފެންނަ ގޮތެއްގެ މަތިން މަސައްކަތްތައް ހަވާލުކުރާތަން ނުފެންނަކަމަށެވެ.

ފެންނަމުންދާ ކަންކަމުގެ ސަބަބުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކުރެވޭކަމަށްވެސް އިޝާރާތްކުރެއްވިއިރު ސިއްރުކަން ބޮޑު ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ގާނޫނީ ހައިސިއްޔަތާއި މާލީ ކަންކަމާއި ގުޅުންހުރި ކަންބޮޑުވުންތައްވެސް ހުރިކަމަށެވެ.

މީގެ ކުރިން ހަދާފައިހުރި އެއްބަސްވުންތައް ބާތިލުކުރީ އެކަށީގެންވާ ރަނގަޅު ގޮތެއްގެ މަތިން ނޫންކަމަށްވާނަމަ އެ ކުންފުނިތަކުން ބަދަލު ހޯދުމަށް އެދުމުގެ ފުރުސަތު އޮތްކަމަށް އަލިއެޅުއްވިއެވެ. އަދި އޭސީީސީންނާއި އޮޑިޓުން އެއްވެސް ޒިންމާދާރުކަމެއް ނެތި އެއް ޕްރޮޖެކްޓު އެކި މީހުންނަށް އެވޯޑުކުރުމުގެ ކަންކަން ގާތުން ބަލާލުމަށް ގޮވާލާކަމަށާއި  ލަސްވުމުގެ ކުރިން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގިގެންދިއުން މުހިންމުކަމަަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: