ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ޕްރިވެންޓިވް ހެލްތް ކެއާއަށް ހާއްސަ އިސްކަމެއް ދީފައިވާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި ޕްރިވެންޓިވް ހެލްތް ކެއާރ އަށް ހާއްސަ އިސްކަމެއް ދީފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒު މިއަދު ވަނީ ޅ. އަތޮޅުގެ ހުރިހާ ރަށަށް ވެސް ވަޑައިގެންފަ އެވެ. އެގޮތުން ދުވަހުގެ އެންމެ ފަހު ރަށެއްގެ ގޮތުން މިއަދު އެމަނިކުފާނު ވަޑައިގަތީ ނައިފަރަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ، މި ހަފްތާ ނިމުމުގެ ކުރިން މަޖިލީހަށް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ހާމަކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސިއްހީ ދާއިރާއަށްކަމަށް ވިދާޅުވެފައެވެ. ބަޖެޓު މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދާއިރު، ކެބިނެޓުން މިހާރު ވަނީ އެ ބަޖެޓު ފާސްކޮށްފައިކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަޖިލީހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވައި ދެއްވާ ބަޔާނުގައި އޭގެ ތަފްސީލު ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސިއްހީ ދާއިރާއަށް ބޮޑު އިންވެސްޓްމަންޓެއް ކުރުން ކަމަށެވެ. އެގޮތުން ބަލިތައް ޖެހުމުން ދުރުހެލިކުރުމަށް ޕްރިވެންޓިވް ހެލްތް ކެއަރ ދާއިރާއަށް ވަރަށް އިސްކަމެއް ދީގެން ހަރަދުކުރާނެ ކަމަށާއި، ބަލިތައް ޖެހުމުން އެ ބަލިތަކުން ސަލާމަތްވާން ރާއްޖެއިން ބޭރަށް ދާންނުޖެހޭ ވަރަށް ރާއްޖޭގެ ހިދުމަތްތައް ގާއިމުކުރުމަށް އިންވެސްޓްކުރާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓު މިހާރު މި ހަފުތާގެ ތެރޭގައި ހުށަހެޅިގެން ދާއިރު އާދެ ތަފުސީލުކޮށް ބަޖެޓު ސްޕީޗުގައި އޭގެ ވަރަށް ގިނަ ތަފްސީލުތައް ހިމެނިފައި ހުންނާނެ.. ކެބިނެޓުން މިހާރު ވަނީ ބަޖެޓު ފާސްކޮށްފަ.. ބަޖެޓުގައި އެންމެ އިސްކަމެއް ދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކުރިއަރުވަން.. އަޅުގަނޑުގެ ސިޔާސަތަކީ ސިއްޙީ ދާއިރާއަށް ބޮޑު އިންވެސްޓްމަންޓެއް ކުރުން ސަރުކާރުން އިންވެސްޓް ކުރުން.. ބަލިތައް ޖެހުމުން ދުރު ޖެހުނަނުދީ ދުރުކުރުމަށް ޕްރިވެންޓިވް ހެލްތުކެއަރ ދާއިރާއަށް ވަރަށް އިސްކަމެއް ދީގެން ހަރަދުކުރުން އަދި ބަލިތައް ޖެހުނީމަ އެ ބަލިތަކުން ސަލާމަތްވާން ރާއްޖެއިން ބޭރަށް ދާންނުޖެހޭ ވަރަށް ރާއްޖޭގެ ޚިދުމަތްތައް ގާއިމުކުރުމަށް އިންވެސްޓްކުރުން

ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއެރުވުމުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ރައްކާތެރި ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ، އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަމުގައި ވިދާޅުވިއެވެ.

މިހާރު ވެސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި، އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓުގައި މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުތައް މާލޭގެ އާބަން ސެންޓަރުތަކާއި ސިޓީތަކުގައި، އަދި އެހެން ރަށްރަށާއި އަތޮޅުތަކުގައި ލާމަރުކަޒު ކުރެވިގެން ފުޅާކުރެވިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓުގެ ތެރޭގައި ޕްރިވެންޓިވް ހެލްތުކެއާ އާއި ކިއުރިޓިވް ހެލްތުކެއާ ދެ ދާއިރާއަށް ވެސް އިސްކަންދީގެން ގިނަ މަޝްރޫއޫތައް ހިންގުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: