ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުއެހުމުގައި ބައިވެރި ނުވެވުނީ ރަސްމީ ދަތުރުފުޅެއް އޮތުމުން: ޔާމީންގެ ވަކީލުން

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރި ނުވެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުގެ ސަބަބުން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ. ވަކީލުންގެ ޓީމުން މިކަން ހާމަކޮށްފައިވަނީ، ޝަރީއަތް ތާވަލުކުރުމާއި އަދި ދަތުރުފުޅު ކުރިމަތިވި ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ވަކީލުން ބުނިގޮތުގައި، ހެއްކާއި ބެހޭގޮތުން ވާހަކަދެއްކުމާއި، ހުލާސާކޮށް ވާހަކަދެއްކުމަށްޓަކައި ޝަރީއަތުގެ އަޑުއެހުމެއް އޮކްޓޯބަރު 26 ވަނަ ދުވަހަށް ތާވަލުކުރެވުނެވެ. ނަމަވެސް، އެ އަޑުއެހުން ތާވަލުކުރެވިފައިވަނިކޮށް، ”ހއ. އަތޮޅު ދުވަސް“ ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީނަށް ދައުވަތު ލިބިވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 27 އާއި ނޮވެމްބަރު 1 އާއި ދެމެދުގައެވެ.

ތާވަލުކުރި އަޑުއެހުމަށް ހާޒިރުވުމަށް އެއްވެސް ހުރަހެއް ނެތުމުން، ޔާމީން ވަނީ އޮކްޓޯބަރު 20 ގައި ހަނިމާދޫއަށް ވަޑައިގަތުމަށް ވައިގެ މަގުން ޓިކެޓު ނަންގަވާފައެވެ. ނަމަވެސް، އޮކްޓޯބަރު 26 ގެ އަޑުއެހުން އޮކްޓޯބަރު 23 ގައި ކެންސަލްކުރެވުނެވެ. އެހެންކަމުން، ވަކީލުން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް ރައީސް ޔާމީންގެ ރަސްމީ ދަތުރުފުޅެއް އޮތްކަން ކޯޓުގެ ސަމާލުކަމަށް ގެނެސް، އެ ދުވަސްތަކުގައި އިތުރު އަޑުއެހުމެއް ތާވަލުނުކުރުމަށް އެދިފައެވެ.

ޝަރީއަތުން އޮކްޓޯބަރު 27 ވާ ދުވަހުގެ 14:30 އަށް ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނީ އޮކްޓޫބަރު 25 ގައެވެ. ވަކީލުން ފާހަގަކުރި ގޮތުގައި އެއީ ރައީސް ޔާމީން ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ވަގުތެވެ. މިކަމާ ގުޅިގެން ވަކީލުން ވަނީ ލިބިފައިވާ ދައުވަތާއި ޓިކެޓުގެ ކޮޕީއާއެކު އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ކޯޓަށް ފޮނުވާފައެވެ. ނަމަވެސް ކޯޓުން އަންގާފައިވަނީ ކަނޑައެޅިފައިވާ ގަޑިއަށް އަޑުއެހުން އޮންނާނެ ކަމަށާއި ކެންސަލް ކުރެވެން ނެތް ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ތިން ވަކީލުންގެ ތެރެއިން ދެ ވަކީލަކަށް ހާޒިރުވެވެން ނެތްކަންވެސް ކޯޓަށް އަންގާފައިވާ ކަމަށާއި އެކަމުގައި ހުއްދަވެސް ނަގާފައިވާކަމަށް ވަކީލުން ބުނެއެވެ. އަދި ވަކީލު ހަމްޒާ ލަތީފް ކޯޓަށް ހާޒިރުވާން އޮތް ނަމަވެސް، ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތެއް ކަރަންޓުގެ މައްސަލައަކާ ހެދި ލަސްވިއެވެ. ޔާމީން ހަނިމާދޫގައި ހުންނެވި ނަމަވެސް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވިފައިވީ ނަމަވެސް، ފަހުން 15:05 ގައި ކޯޓުން ވަނީ ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: