ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތާއި ގުޅުން ހުރި ތަކެތީގެ އަގު ބޮޑުކުރީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލުކުރާ އާލާތްތަކުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމީ ދުޅަހެޔޮ، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމުގެ މަޤްސަދުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ނައިފަރުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެސް ގައުމީ ތަރައްގީއަށް ގިނަ މަޝްރޫއުތައް ހިންގަމުންދާކަމަށާއި، އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށެވެ. މިއީ ރައްޔިތުންނަށް ރައްކާތެރި ސިއްހަތެއް ލިބިގެންވާ ބަޔަކަށް ހެދުމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުން އިގްތިސާދީ ގޮތުން ގައުމު ކުރިއެރުވުމުގައި ވެސް ވަރަށް މުހިންމެވެ. އަދި އިޖުތިމާއީ ގޮތުން ގައުމު ކުރިއެރުމަށް ވެސް ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބަލިތަކުން ދިފާއުވުމަށް ކުރެވޭ ”ޕްރިވެންޓިވް ހެލްތު ކެއާ“ އާއި ބަލިތަކަށް ފަރުވާ ދިނުމަށް ކުރެވޭ ”ކިއުރިޓިވް ހެލްތު ކެއާ“ ދެ ދާއިރާއަށް ވެސް އިސްކަންދީ، ގިނަ މަޝްރޫއުތައް މި އަހަރާއި އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މަޝްރޫއުތައް މާލޭގެ އާބަން ސެންޓަރުތަކާއި ސިޓީތަކުގެ އިތުރުން، އަތޮޅުތަކުގައި ލާމަރުކަޒީ އުސޫލުން ފުޅާކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އެންމެ ބޮޑަށް ބަލިތައް ޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރުންކަމަށާއި، މިއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ތަކުރާރުކޮށް ފާހަގަކުރަމުން ގެންދާ ހަގީގަތްކަމަށް ވިދާޅުވި އެވެ.

އެގޮތުން މިފެށޭ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން ޖެނޭޝަން ބޭން ތަންފީޒު ކުރަން ފަށާނެކަމަށް ފާހަގަކުރެއްވި އެވެ. މިއާއި އެކު 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށާއި، އުފަންވަމުން ދާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނީ ގޮތުން މަނާވެގެންދާނެއެވެ.

ދުންފަތު އިސްސުމާލު،ރުން ދެން އޭގެން އުމުރުން މަތީ ފަރާތްތައް އާކޮށް އާންމުކޮށް ބޮޑެތި މީހުންނަށް އެފަދަ ގާނޫނަކުން މަނަލެއް ނުކުރަން.. އެހެންނަމަވެސް އެކިކަހަލަ ހުރަސްތައް އަޅުގަނޑުމެން މި ކުރިމަތި ކުރަނީ ހަމަ ސިއްހަތު ރަނގަޅު މުޖުތަމައެއް.. ގައުމުގައި ބިނާކުރުމަށްޓަކައި.. ސިނގިރޭޓާއި ދުންފަތު އިސްތިމާލުކުރާ އާލާތްތަކުގެ އަގު ބޮޑުކުރީ.. އެ ބޭނުމުގައި އަޅުގަނޑު ބޭނުންވަނީ މި މުޖުތަމަޢުގައި ކޮންމެ ރައްޔިތަކީ ވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ރައްޔިތަކަށް ވާ ސިނގިރޭޓާއި ދުންފަތު އިސްތިއުމާލުކުރުމުގެ ހުރިހާ ކަމަކުން ދުރުވެފައި ތިބި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅޭ ރައްޔިތަކަށް ވާން

އެހެންވީމާ އެކަމަށް އަޅުގަނޑު އަދިވެސް އިލްތިމާސް ކުރަން އަމިއްލައަށް ވޮލަންޓަރީކޮށް އެކަން ހުއްޓާލަން

”ޖެނެރޭޝަނަލް ބޭން“ ގެ މި ފިޔަވަޅަކީ ”ޕްރިވެންޓިވް ހެލްތު ކެއާ“ ގެ އެންމެ މުހިންމު ޕްރޮގްރާމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އުމުރުން ދޮށީ ފަރާތްތަކަށް ގާނޫނަކުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާނުކުރެވުނު ނަމަވެސް ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި، ބައެއް ހުރަސްތަކެއް ގެނެސްފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުމކުރާ އާލާތްތަކުގެ އަގު ބޮޑުކުރުމަކީ މިފަދަ އެއް ފިޔަވަޅުކަމަށެވެ. މިކަން ފާހަގަކުރައްވައި ރައީސް އިލްތިމާސް ކުރެއްވީ، ދުންފަތުގެ އިސްތިއުމާލުމކުރާ ހުރިހާ ފަރާތްތަކުން ވެސް އަމިއްލައަށް އިހުތިޔާރުކޮށް އެކަން ހުއްޓާލުމަށެވެ. އަދި، ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، އެކަން ކުރުމުގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: