ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ކުށްތަކުން ކުޑަކުދިން ދުރުހެލި ކުރުމަށްޓަކައި ޑިޖިޓަލް ޕޭރެންޓިންގ މުހިއްމު: ފުލުހުން

ސަބް އިންސްޕެކްޓަރ ޝުހާދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބަރ ކުށްތަކުން ކުޑަކުދިން ދުރުހެލި ކުރުމަށްޓަކައި ޑިޖިޓަލް ޕޭރެންޓިންގ ޤާއިމުކުރުން މުހިއްމުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނެފިއެވެ.

ސަންގުޓީވީގެ ތިލަފަތް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓަރ ޝުހާދު ސައީދު ވިދާޅުވީ، މި ޒަމާނުގައި ”ޑިޖިޓަލް ޕޭރެންޓިންގ“ އަކީ މުހިއްމު އެއްޗެއް ކަމަށާއި، މައިންބަފައިން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ. އަދި އެކަންކަމަށް ބެލެނިވެރިންވެސް މިހާރު އަހުލުވެރިވާން ޖެހިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، ޑިޖިޓަލް ޕޭރެންޓިންގ އަށް ބޭނުން ކުރެވޭ ހިލޭ އެޕްލިކޭޝަންތައް އެބަހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބެލެނިވެރިންވެސް އެ އެޕްލިކޭޝަންތަކަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކުން ދަރިން ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސާރޖަންޓް އަހުމަދު އަލީ ވިދާޅުވީ، ޑިޖިޓަލް ޑިވައިސްތައް ކުދިންއަތަށްދޭއިރު، ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ. އެގޮތުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާލުމުންވެސް އެކަންކަމުގެ މުހިއްމުކަން ފެނިގެންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް މި ހުށަހެޅޭ ގިނަ މައްސަލަތަކުގައި މި ހުންނަނީ ހަމަ ކުޑަކުދިން އެކަނިމާއެކަނި އަމިއްލަ ރުހުމުގައި ނަގާފައި ހުންނަ ފޮޓޯއާއި ވީޑިއޯ އެއްޗެހި މި ހުންނަނީ ރަހުމަތްތެރިންނަށް ފޮނުވާފައި، އެހެންވީމާ މި ކަންކަމަށް އެބަޖެހޭ ސަމާލުކަން ދޭން

ރާއްޖޭގައި ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ އެކި ބާވަތުގެ މައްސަލަތަކަށް ބަލާއިރު، ”އިމްޕާސަނޭޝަން“، އެކައުންޓް ހެކް ކުރުން އަދި ވައިބަރގެ ޒަރިއްޔާއިން ހިންގާ ސްކޭމްގެ މައްސަލަތަކާއި، އެކިއެކި ލިންކުތަކުގެ ޒަރިއްޔާއިން މީހުންގެ އެކައުންޓުތައް ހެކް ކުރުމުގެ މައްސަލަތައް ހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: