ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދެންވެސް ފައިސާ ޗާޕެއް ނުކުރާނެ، ދިވެހި ރުފިޔާގެ އަގު ވެއްޓުނީ އެމްޑީޕީގެ ސަބަބުން: ސައީދު

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެންވެސް ފައިސާ ޗާޕެއް ނުކުރާނެ ކަމަށާއި، ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ މައްސަލަ ދިމާވީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޝަމްހީދު ފާހަގަކުރެއްވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން 2.4 ބިލިއަން ރުފިޔާ ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވެ، އިތުރު 24 މިލިއަން ރުފިޔާ ދުއްވައިގަންނާނެ ކަމަށް ބެލެވޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ފައިސާ ޗާޕުކުރުމާ ދެކޮޅަށް މިހާރު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ބަދަލު އައިސްފައިވޭތޯ އާއި، މިކަމުގެ ސަބަބުން އިގްތިސާދަށް ކުރާނީ ކިހާ އަސަރެއްތޯ އޭނާ ސުވާލުކުރެއްވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވަނީ މި ސަރުކާރަކުން ފައިސާ ޗާޕު ނުކުރާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އިޝާރާތްކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ކުރީ ސަރުކާރުން 125.2 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އުފައްދާފައިވާ ކަމަށެވެ. މީގެ އިތުރުން، އެހާ ބޮޑު ދަރަންޏެއް އޮތްއިރުވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ފަހި ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން ފައިސާ ޗާޕުކުރި ގޮތް ސުވާލުކުރައްވަމުން ސައީދު ވިދާޅުވީ، ކޮވިޑްގެ ހާލަތު އުޒުރަކަށް ހަދައިގެން މަސައްކަތް ކުރިއިރު، ކޮވިޑަށް ލިބުނު އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ނަމަވެސް، ކޮވިޑަށް ހަރަދުކުރީ އެންމެ 4.2 މިލިއަން ރުފިޔާ ކަމަށް ފާހަގަކުރައްވައި، މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރީ ކޮން ބޭނުމެއްގައިތޯ ސައީދު ސުވާލު އުފެއްދެވިއެވެ. ހަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުލުމަށްފަހު ފައިސާ ޗާޕުކުރިއިރު، އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް މަޖިލީހުގައި އެދިފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވަނީ އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ދެންވެސް އެމްޑީޕީއަށް ވެރިކަމެއް ލިބިއްޖެ ހާލަތެއްގައިވެސް ފައިސާ ޗާޕު ނުކުރުމަށް އެދިވަޑައިގެންފައިވެއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، މާލީ ސިޔާސަތުތައް ހަރުދަނާކޮށް، ދަރަނި އިތުރުވިޔަ ނުދިނުމަށް ސަރުކާރުން ދެމިތިބޭނެކަން ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: