ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ދުވަސްވަރު ހަރަދުތައް ކުޑަނަމަ، ފައިސާ ޗާޕު ކުރަންޖެހޭ ސަބަބެއް ނެތް: ސައީދު

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ދުވަސްވަރު ބޭރުން ލިބުނު ފައިސާއާއި އަޅާބަލާއިރު ކުރި ހަރަދުތައް ކުޑަކަމަށާއި އެހެންކަމުން އެދުވަސްވަރު ފައިސާ ޗާޕުކުރީ ކޮން ސަބަބަކާއި ގުޅިގެންތޯ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.

ނިމިދިޔަ ދައުރުގައި ރާއްޖޭގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރެވިފައިވާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީޙުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ނިމިދިޔަ ދައުރުގައި ރާއްޖޭގައި ސުކޫލެއް ހުރިނަމަވެސް އެތަނެއް އެމްޑީޕީން ހުރީ ރަހުނުކޮށްފައިކަމަށެވެ. މިގޮތުން ކުރި ތަންތަނުގެ ތެރޭގައި އޮލިމްޕަހާއި އިސްކަންދަރު ސުކޫލުވެސް ހިިމެނޭއިރު ރަހުނުކޮށްގެން ލޯނު ނަގަމުންދިޔަ އިރު އާމްދަނީއެއް ނުލިބި ހަރަދުތައް ކުރަމުން ގެންދިޔަކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ފައިސާ ޗާޕުކުުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީވެސް ގާނޫނު ”ތަޅުލައިގެން“ ކަމަށެވެ. އަދި މި ސަރުކާރުން އިލްތިމާސްކުރަނީ ކުރިއަށް އޮތްތަނުގައި ގާއިމުވެގެންދާ ސަރުކާރުތަކުގައި ވެސް އެފަދަ އަމަލުތައް ނުހިންގުމަށްކަމަށާއި މިއަދު ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގައި އޮތް އަނެއް ބޮޑު ޕާޓީއަކީ އެމްޑީޕީކަމަށާއި ސިޔާސީ ދާއިރާގެ ތެރޭގައި ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން ހުންނާނެކަމަށެވެ. ނަމަވެސް އިގްތިސާދެއް ފުނޑާލައިފި ހާލަތެއްގައި ކޮޅަށް ޖެހުން ފަސޭހަކަމަކަށް ވެގެން ނުދާނެކަމަށާއި މި ދައުރުގައި ފެންނަމުންދަނީ އެ މަންޒަރުތައްކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ، އެމްޑީޕީގެ ދައުރުގެ އަމަލުތަކުގެ ދިފާއުގެ ގޮތުގައި ކޮވިޑްގެ ވާހަކަތައް ދައްކާއިރު ހަގީގަތަށް ބަލާއިރު އެ ދުވަސްވަރު ލިބުނު އެއްޗަށްވުރެ ހަރަދުތައް ކުޑަކަން ފެނިގެންދާކަމަށެވެ. ސައީދު ވިދާޅުވީ، 8 ބިލިއަނަށްވުރެ އިތުރު އަދަދެއް ކޮވިޑްގެ ނަމުގައި ހިލޭ އެހީއާއި އެހެނިހެން ގޮތްތަކުން ހޯދިކަމަށެވެ. ނަމަވެސް ހަރަދުވިކަމަށް ބުނަނީ 4.2 ބިލިއަން ކަމަށްވުމުން ލިބުނު ފައިސާގެ ބޭނުން ކުރެވިފައިނުވާކަމަށާއި އެހެންކަމުން ފައިސާ ޗާޕުކުރީ ކޮން ސަބަބެއް މެދުވެރިވެގެންތޯ ސުވާލު ކުރެއްވިއެވެ.

ސައީދު ވިދާޅުވީ،  ހާލަތު މެދުވެރި ނުވަނީސް 8 ބިލިއަން ރުފިޔާ ޗާޕުކުރީ ކީއްވެގެންތޯ ސުވާލު އުފެދޭކަމަށާއި އެކަން ކުރިއިރު ގާނޫނު ތަޅުލުމުގެ ފަހަތުގައިވާ މަގުސަދާއިމެދުވެސް ސުވާލު އުފެދޭކަމަށެވެ. އަދި އޭރު މެމްބަރުންނާއި މިނިވަން މުއައްސަސާއެއް ނޫނީ އެހެން އިދާރާއަކަށްވެސް އެކަމުގައި ބަހެއް ބުނުމުގެ ފުރުސަތު ނެތްކަމަށެވެ.

އޭރު އެމްއެމްއޭގެ ގަވަނަރަށް މެމްބަރެއްގެ ހައިސިއްޔަތުން މި މައްސަލައިގައި ސިޓީ ފޮނުވާފައިވާއިރު މައްސަލައިގައި އެއްޗެއް ވިދާޅުވެވެން ނެތްކަމަށް ޖަވާބު ދެއްވިކަމަށާއި މިއަދު ބައްދަލުކޮށްފައިވަނީ އެކަމުގެ ނަތީޖާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: