ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަބަބުން އިތުރަށް ބިން ހިއްކަންވެސް ދަތިވި: އިބްރާހިމް ހުސައިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބިން ހިއްކުމުގައިވެސް ދަތިތައް ކުރިމަތިވެގެންދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ސްކީމެއްގެ ދަށުން ބިންވެރިޔާގެ ނަމުގައި ރާއްޖޭގެ ކަނޑު އަޑިން ގޯތިތައް ބަހާލި މަންޒަރު އެމްޑީޕީގެ ދައުރުގައި ފެނުނުކަމަށާއި ވީނުވީއެއް ނޭނގޭކަމަށެވެ. އަދި ޕީއެންސީގެ ސަރުކާރެއް ގާއިމުވާ ފުރުސަތުގައި ރޭވުންތެރިކަމާއިއެކު މަސައްކަތްކޮށްގެން ބިންތަކެއް ހިއްކުމުން އެމްޑީޕީގެ ވެރިކަން ގާއިމުވާ ހިސާބުން ބަހާލާ މަންޒަރު ފެނިގެންދާކަމަށް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ހުޅުމާލޭގެ ބިން ދެކޮޅު ޖެހޭ ނިޒާމެއްގެ ތެރެއިން ވިއްކަމުން ދަނިކޮށް އެމްޑީޕީން ވެރިކަމަށް އައިސް އެ ބިންތައް ބަހާލިކަމަށެވެ. އަދި އެއް ބަޔަކު ބޮޑު އަގުގައި ބިންތައް ގަތްއިރު ޖެހިގެން އައި ދުވަހު އަނެއް ބަޔަކަށް ބިންތައް ހިލޭ ދޫކުރިކަމަށެވެ. މީގެ ސަބަބުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ދެވިގެންދިޔަކަމަށް މެމްބަރު ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ މިކަންކަމުގެ ސަބަބުން އިތުރަށް ބިންތައް ހިއްކޭނެ ގޮތެއް ނެތި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިއްބައިދިނުމަށްޓަކައި ރާވާފައި އޮތް އެ ނިޒާމު ފުނޑު ފުނޑުވެގެންދިޔަތަން ފެނުނުކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި އަބަދުވެސް ފެނިގެންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނުތަކުގެ ބޭރުން ކަންކަން ކުރާ މަންޒަރުކަމަށާއި ރާއްޖޭގައި ފަޅެއް އޮތްނަމަވެސް އެތަނަކުން ނާޖާއިޒް މަންފާތައް ހާސިލުކުރި މަންޒަރާއި ރައްޔިތުންނަށް އޮޅުވާލި މަންޒަރުވެސް ފެނިގޮސްފައިވާކަމަށް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގައި އެންމެ ބޮޑު އިޖްތިމާއީ ދަތިކަމެއް އޮތީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުންކަމަށެވެ. އަދި މިކަމަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ޕީއެންސީގެ ފިކުރުން ބޮޑެތި މަސައްކަތްތައް ފަށައިގަންނަ މަންޒަރު ފެންނައިރު އެމްޑީޕީގެ ދައުރުގައި ފެނުނީ އެކްޓިވިސްޓުންނަށް ނާޖާއިޒް މަންފާތައް ހޯދައިދިންތަންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: