ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫގައި ދާއިމީ ސީޕްލޭން ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދުރުފަސް ރަށްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށުގެ ސިޔާސަތުގެ ދަށުން ކ. ކާށިދޫގައި ސީޕްލޭންގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅާއި، ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެވަނަ ރަށެއްގެ ގޮތުން ވަޑައިގަތީ ކާށިދޫއަށެވެ.

ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ސިއްހީ ނިޒާމު ހަރުދަނާކޮށް، ފަރުވާ ކުރެވޭނެ ރަނގަޅު ވަސީލަތެއް ގާއިމު ކުރުން ހިމެނެ އެވެ.

ރަށުގެ ރައްޔިތުންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނަނީ، ދަތުރުފަތުރު ކުރުމުގެ ދަތިތަކެވެ. އަދި ފަތުރުވެރިކަމުގެ ރަނގަޅު ފުރުސަތުތައް ހޯދައިދިނުން ހިމެނެ އެވެ.

އެގޮތުން މި ދެ ދާއިރާ އެކުއެކީ ހިމެނޭ ގޮތަށް ސިއްޔާސަތުތައް އެކަހަށައެޅުން ރައީސް ފާޙަގަކުރެއްވި އެވެ. ރައީސް ވ0

ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް ހުރި ހުރަސްތައް ނައްތާލެއްވުމަށް، ސީޕްލޭން ޚިދުމަތް ދާއިމީކޮށް، ޝެޑިއުލްކޮށް ހަމަޖެއްސެވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކާށިދޫ ވަކިން ދުރުގައި އޮތުމުގެ ސަބަބުން ފަތުރުވެރިކަމަށް އިންވެސްޓުކުރުމުގެ ޝައުޤުވެރިކަން ކުޑަވުމަކީ ވެދާނެ ސަބަބެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން އެކަމަށް ލުއިތަކެއްދޭން ނިންމާފައިވާނެކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަތައް ހޯދައިދިނުމަށް އިތުރު މަސައްކަތްތައް ކުރުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން، ފަތުރުވެރިކަމަށް އިންވެސްޓުކުރާ ފަރާތެއް ލިބުމަކީ ދަތުރުފަތުރުގެ ދަތިކަމަށް ލުއި ގެނައުމުގެ ވަރަށް މުހިންމު ވަސީލަތަކަށް ވާނެކަން ފާހަގަކުރެއްވިއެވެ.

ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރެވޭ ގޮތަށް ޕްލެޓްފޯމެއް ގާއިމުކުރެވޭކަން ކުރަން ބަލާއިރުގަ މި ދެންނެވިހެން ޓޫރިޒަމް ވަރަށް މުހިންމުވޭ އެބަ ރަށުގެ ރައްޔިތުންނަށް

މިކަން މުހިންމު ރަށުގެ ރައްޔިތުނަށް މި ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމަށް… މިގޮތަށް މަސައްކަތް ކުރާއިރުގައި  އެ އިންވެސްޓްމަންޓް ސީ ޕްލޭން އޮޕަރޭޓް ކުރާ ދެ ކުންފުނިން ކުރެ ކުންފުންޏަކުން ކުރަން ބަލާއިރުގައި އެ ފަރާތުން އެ ބޭނުންވާނެ ގޮތަށް ފީޒިބަލް ކުރުމަށް ޓަކައި ކޮންސްޓަންޓް ޕެސެންޖަރ އަދަދު އެ ބޭފުޅުންނަށް ހަމަވާންޖެހޭނެ.. ނޫނިއްޔާ ފީޒިބަލް ވާންޖެހޭނެ.. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާ އެކު ދާއިމީ ގޮތެއްގައި މި ތަނުގައި ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭ ގޮތަށް މިކަން ކުރަން

ކަނޑު ދަތުރުފަތުރު ކުރުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި، މި މަސައްކަތް ކާށިދޫ ހިމެނޭ ގޮތަށް ކ. އަތޮޅުގައި ގާއިމު ކުރެވުން އޭގެ ފައިދާ ވެސް ރައްޔިތުންނަށް ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އޭގެއިތުރަށް ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމަށްޓަކައި، ކާށިދޫގައި ސީޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންސް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަނީ ހާމަކުރައްވާފައެވެ.

ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރެވޭ ގޮތަށް ޕްލެޓްފޯމެއް ގާއިމުކުރަން ބަލާއިރު، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމަށް ފަތުރުވެރިކަން ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ސީޕްލޭން އޮޕަރޭޓުކުރާ ކުންފުނިތަކަށް މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، ދަތުރުކުރާ ފަރާތްތަކުގެ އަދަދު ހަމަވެ، ފީޒިބަލް ވާންޖެހޭނެތީ، ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާ އެކު ދާއިމީ ގޮތެއްގައި މި ތަނުގައި ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭ ގޮތަށް މަސައްކަތް ކުރަމުންދާކަން ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ދާއިމީކޮށް ޝެޑިއުލްކޮށް ހަމަޖެހޭނެ ގޮތަށް ފަތުރުވެރިކަމާ އެކީގައި ގެނެވޭނެ ގޮތް ހެދުމަށް ސަރުކާރުގެ ސިޔާސަތު އޮތީ ބިނާވެފައިކަމަށެވެ.

މިކަންކަން ވެގެންދާނީ ވައިގެ މަގުންނާއި އާރުޓީއެލްއާއި މި ހުރިހާ ކަމެއް ގާއިމުވެގެންދިޔުމުން ރަށުގައި އެކިކަހަލަ ދާއިރާތަކުން ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން، ރަށުގެ ރައްޔިތުންގެ ތެރެއިން މިހާރު މާލޭގައި ނޫނީ އެހެން ރަށްތަކުގައި ވެސް ދިރިއުޅޭ ޒުވާނުންނަށް އަނބުރާ ރަށަށް އައިސް ވިޔަފާރިކުރުމާއި އާމްދަނީ ހޯދަން މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: