ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭއިން ފޭރުނު އެއްލައްކަ ޑޮލަރުގެ މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ، ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ބްރީފް ކޭސްއެއް ފޭރިގަނެފައެވެ.

ފޭރިގަނެފައިވާ ފައިސާގެ އަދަދު ބޮޑުކަމަށް މައުލޫމާތު ލިބެއެވެ. ބޭންކް ރޭޓު އަދި ދިވެހި ރުފިޔާ އިން ބަލާ ނަމަ، ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ޑޮލަރު މި ބްރީފް ކޭސްގައި ހުރިކަމަށް ވެއެވެ. މިއީ ގާތްގަނޑަކަށް 100،000 އެމެރިކާ ޑޮލަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: