ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮޅު އަހަރު ތެރޭގައި ރައީސް މުއިއްޒު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ބައެއް ރަށްތަކަށް ދެފަހަރު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ބައްދަލުކޮށް ކަންކަން އޮޅުންފިލުވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތުލުސްދޫގައި މިއަދު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ތުލުސްދޫއަށް ވަޑައިގަތުމާއި އެކު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް އެމަނިކުފާނަށް ވަޑައިގެންނެވުނީ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އެއްބާރުލުމާއެކު މިހާތަނަށް 187 ރަށަށް ދެވިފައިވާ ކަމަށާއި، ބައެއް ރަށްތަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރެވިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ދެ އަހަރު ދުވަސްވުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެވިފައިވާކަމަށާއި، ދެވަނަ ފަހަރަށް 64 ރަށަކަށް ޒިޔާރަތްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި، ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން، އެއް ފަހަރު ބައްދަލުކޮށް ނިމި، ދެވަނަ ފަހަރަށް ވެސް މިއަދުގެ ބައްދަލުވުމާ އެކު ޖުމްލަ 148 ކައުންސިލާ ބައްދަލުވެފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަންކަމަކީ ރައްޔިތުން ބޭނުންވާ ގޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން ގާތަށް އައިސް ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން ހޮވާފައި ތިބި މަންދޫބުންގެ ފަރާތުން ދައްކަން ހުރި ވާހަކަތައް އަޑުއެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، ރައްޔިތުންނަށް ހިދުމަތްކުރަން ތިބި މުއައްސަސާތަކުގެ ވެރިން އެ ރައްޔިތުންގެ ގާތަށް އައިސް، ކަންކަން އޮޅުންފިލުވައި، އެ ކަންކަމަށް ހައްލު ގެނެސްދޭން މަސައްކަތް ކުރުމަކީ ރައްޔިތުން އެންމެ އެދޭނެ ގޮތްކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުުވުންތައް ހައްލު ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި، އެއީ ވެރިންގެ ހައިސިއްޔަތުން ކޮންމެެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

މިކަންކަމަކީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން ގާތަށް އައިސް ރައްޔިތުންގެ އަޑުއެހުން ރައްޔިތުން ހޮވާފައި ތިބި މަންބުން ގާތަށް އައިސް މަންދޫބުން ރައްޔިތުންގެ ފަރާތުން ދައްކަން ހުރި ވާހަކަ އަޑުއެހުން.. ރައްޔިތުންނަށް ހިދުމަތްކުރަން ތިބި މުއައްސަސާތަކުގެ ވެރިން ގާތަށް އައިސް ވެރިން ދައްކަވަން ހުރި ވިދާޅުވަން ހުރި ކަންކަން ގާތަށް އައިސް އޮޅުންފިލުވައި އެ ކަންކަމަށް ހައްލު ގެނެސްދޭން މަސައްކަތް ކުރުން.. އެއީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކަންކަމަކީ.. އެގޮތަށް މަސައްކަތް ކުރީމާ އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް އަވަހަށް ފުއްދި އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރުމަށް މަގުފަހިވެގެންދޭ

ރައީސް އިތުރަށް ވިދާޅުވީ މިގޮތަށް މަސައްކަތް ކުރުމުން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަވަހަށް ފުއްދުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އެއާއި އެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މަސައްކަތްތައް އަވަސްވެ، މައްސަލަތައް ފަސޭހަކަމާއެކު ހައްލުވެގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މީގެ ކުރިން ކަންކަމުގައި ދިމާވި ދަތިތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ސިޓީ ފޮނުވައި، އެ ސިޓީއަށް ޖަވާބު އަންނަންދެން އެތައް ދުވަހު މަޑުކުރުމާއި، ކައުންސިލްތަކާއި މުއައްސަސާތަކުގެ ވެރިން މާލެއަށް ދަތުރުކުރުން ފަދަ ކަންކަމަށް އިޝާރާތް ކުރެއްވި އެވެ. ރައީސް ވިދާޅުވީ، ޒަމާނުއްސުރެ މި ނިޒާމުގެ ތެރޭގައި އެދާ ލަސްމިނުގައި ދާކަށް ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށެވެ.

އެހްނެކަމުން ވެރިކަމާއި ހަވާލުވީ ވެސް މިކަންކަން ހައްލު ކުރުމުގެ ވައުދުވެކަމަށާއި، ރައްޔިތުން ގާތަށް އައިސް ހަލުވި ދުވެލީގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކޮށްދެއްވާކަމުގެ ފުރިހަމަ ޔަގީންކަންދޭކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: