ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެތީ އެމްޑީޕީން މަސައްކަތްކުރީ ދައުލަތުގެ ފައިސާ ހުސްކުރަން: ޝަރީފް

އަބްދުﷲ ޝަރީފު ހަބަރަށް ފަސް ޕްރޮގުރާމަށް އައިސް ވާހަކަ ދައްކަވަމުން/ފޮޓޯ::ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިޚާބު އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުމުން ދެން އެމްޑީޕީން މަސައްކަތްކުރީ ދައުލަތުގައި ހުރި ފައިސާ ހުސްކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު އެމްޑީޕީން ވިސްނާފައި އޮތީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރު ކުރުމަށް ކަމަށެވެ. ސަބަބަކީ ސަރުކާރަށް ހިފަހައްޓާ ނުލެވޭނެކަމަށް އެމްޑީޕީއަށް ޤަބޫލު ކުރެވިފައި އޮތުންކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ޤައުމުގެ ޙާލަތު އޮތީ ނުހަނު ގޯސްކޮށް ކަމަށާއި، މުވައްޒަފުންނަށް މުސާރަ ދެވޭނެހާ ފައިސާވެސް ބަޖެޓުގައި ނެތް ކަމަށެވެ.

ސަރުކާރާ ފުރަތަމަ ހަވާލުވި މަހުގައިވެސް މުވައްޒަފުންނަށް މުސާރަ ދޭނެ ލާރިއެއް ނެތޭ ދައުލަތުގައި، މި ލެވެލްއަށް އެމީހުން ތަން ހުސްކޮށްލާފައި ދިޔައީމަ އެމީހުން ޤަބޫލުކުރީ ނުހިފެހެއްޓޭނެއޭ

މެމްބަރު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަން މާ ކުރިންވެސް އެ ޕާޓީއަށް އެނގޭ ކަމަށާއި، އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުމުން ދެން މަސައްކަތްކުރީ ދައުލަތުގައި ހުރި ފައިސާ ހުސްކުރުމަށް ކަމަށެވެ.

މީގެ އިތުރުން، އައު ސަރުކާރު ވެރިކަމާ ޙަވާލުވެ އިންތިޤާލީ މަރުޙަލާގައިވެސް ޤާނޫނާ ޚިލާފު އެތައް ކަންތައްތަކެއް އެމްޑީޕީން ކޮށްފައިވާކަމަށް މެމްބަރު ތުހުމަތު ކުރެއްވިއެވެ.

ޝަރީފް ވަނީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: