ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ސިގިރޭޓުތަކާ ގުޅުންހުރި މައްސަލަތަކެއްގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ (241 ކޮމިޓީ) ލަފާގެ މަތިން، ވަކިކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުދަ ދުވަހު އެކްސް  ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، 241 ކޮމިޓީން ދިރާސާކުރެއްވި ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނަށް މަޖިލީހުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި ދެ މައްސަލައަކީ، އެއްވެސް އިޖާޒަތެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ސިނގިރޭޓް ކާޓޫނުތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ޤާނޫނާ ޚިލާފަށް އެ ވެއަރހައުސްއިން ނެރެފައިވާ މައްސަލައެވެ.

މި މައްސަލަތަކާ ގުޅިގެން މަޖިލީހުން ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލަތައް 241 ކޮމިޓީން ބަލާފައިވާއިރު، ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި، ކަސްޓަމްސް ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ އިތުރު 3 މުވައްޒަފަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަސްޓަމްސް ސަރވިސްއަށް ވަނީ އަންގަވާފައެވެ. މިކަމުގެ ސަބަބުން ކަސްޓަމްސްގެ އިދާރީ ހިންގުމުގެ ތެރެއިން އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: