ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއަކީ އިގްތިސާދުގެ އަސާސީ ތަނބެއް: ޝަރީފް

ބީއެމްއެލްގެ އެމްޑީ ޝަރީފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫންކަމަށާއި އެއީ ރާއްޖޭގެ އިގްތިސާދުގެ އަސާސީ ތަނބެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މިކަން އެމްޑީ ޝަރީފް ހާމަކުރެއްވީ ”ދިވެހިންގެ ބެންކު މުޅި ރާއްޖެއަށް“ ނަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީ ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ މުޅި ރާއްޖޭގެ އިގްތިސާދާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބެންކެއްކަމަށެވެ.

އިގްތިސާދަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު ބެންކަށް ކުރާ ފަދައިން، އިގްތިސާދަށް ކުރިއެރުންތައް އައުމުން އެކަމުގެ ހެޔޮ އަސަރުތައްވެސް ބެންކުގެ ހާލަތުން ފެނިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަން ރަނގަޅަށް ފެނިގެންދަނީ 2019 އިން 2024 ވަނަ އަހަރަށް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދިޔަ މިންވަރާއި ބެންކުގެ ފައިދާވި މިންވަރު އަޅާކިޔުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި އިގްތިސާދާއިއެކު ބެންކުގެ ހާލަތުވެސް ދަށްވެގެންދިޔައިރު، އޭގެ ފަހުން އިގްތިސާދު ރަނގަޅުވެގެންދިޔަ މިންވަރަކަށް ބެންކުގެ ހާލަތުވެސް ރަނގަޅުވެގެންދިޔަކަން އޭނާ ހިއްސާކުރެއްވިއެވެ.

ޝަރީފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ އޮނިގަނޑަށް ބަލާއިރު ބީއެމްއެލްގެ އެސެޓުތައް ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 38 އިންސައްތައާ އެއް ހަމަ މިންވަރެއްގައެވެ. މި މިންވަރުން ދައްކައިދެނީ ބީއެމްއެލްއަކީ ހަމައެކަނި މާލީ މުއައްސަސާއަކަށް ވެގެންދިއުމުގެ ބަދަލުގައި، ރާއްޖޭގެ އިގްތިސާދުގެ އަސާސީ ތަނބެއް ކަމަށެވެ.

އެމްޑީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ދެބައިކުޅަ އެއްބަޔާ ހަމައަށް ހިނގަނީ ސަރުކާރުގެ އިރުޝާދުތަކުގެ މައްޗަށް ބިނާވެގެންކަމަށެވެ.

އެހެންކަމުން، ސަރުކާރާއި ގާތުން މަސައްކަތްކުރުމަކީ ބެންކަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އިގްތިސާދަށް ކުރިއެރުންތައް ގެނައުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ބެންކުން ބައިވެރިވެ އިޖާބަދެނީ ވަކި ބޭނުމެއްގައި ނޫންކަމަށާއި، އެ ބީދައިން މަސައްކަތްތައް ކުރަނީ ރާއްޖޭގެ އިގްތިސާދާއި ބީއެމްއެލް ދެމެދުގައި ވަރުގަދަ ގުޅުމެއް އުފެދިފައި އޮތުމުގެ ސަބަބުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ބެންކުގެ ހާލަތު އެއް ހަމައެއްގައި ހިފެހެއްޓި ކުރިއަރައިގެންދިއުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ކޮންމެހެން ބޭނުންވާ ކަމެއްކަމަށެވެ. އިގްތިސާދު ހަރުދަނާ ނުވާނަމަ ބީއެމްއެލްއަށްވެސް ކާމިޔާބުކަމާއިއެކު ދެމި ނޯވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިގްތިސާދާއި ބެންކާ ދެމެދު އޮތް ބަދަހި ގުޅުން ދައްކުވައިދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: