ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓަންގެ މަރު: އޭނާއާ މަސައްކަތުގެ މާހައުލުން ދިމާވި މީހެއްގެ ހެކިބަސް ނަގައިފި

ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ. ނިޒާމްގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. ފުރަތަމަ ހާޒިރުވީ ލިޓަންއާ މަސައްކަތުގެ މާހައުލުން ދިމާވާ ބިދޭސީއެކެވެ. އެ ހެކިވެރިޔާ ބުނީ، ލިޓަންއަކީ އޭނާ މަސައްކަތް ކުރާ ދޯނި ކައިރީގައި އޮންނަ ދޯންޏެއްގައި މަސައްކަތް ކުރި މީހެއް ކަމަށެވެ.

ލިޓަންއާ އެންމެ ފަހުން ދިމާވީ ކޮން ތާރީޚެއްގައިކަން ހަނދާނުގައި ނެތް ނަމަވެސް އެއީ ބުރާސްފަތި ދުވަހެއް ކަމަށާއި، އެއީ މީގެ ދެތިން އަހަރު ކުރިކަމަށް އޭނާ ކިޔާދިނެވެ.

އެންމެ ފަހުން ލިޓަންއާ ދިމާވި ދުވަހު ކަން ހިނގި ގޮތާ ގުޅޭގޮތުން ދައުލަތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ، އެ ދުވަހު ލިޓަންއާ ދިމާވީ މަޣްރިބް ނަމާދުގެ ފަހުގައި ކަމަށާއި، އޭރު ކޮމްޕެނީގެ ދަތުރެއްގައި ދާން އުޅޭ ވާހަކަ ލިޓަން ބުނި ކަމަށެވެ.

ހެކިވެރިޔާ އިތުރަށް ކިޔާދިން ގޮތުގައި ލިޓަންއާއެކު ދެން އެ ދޯނީގައި ދިޔައީ މުޙައްމަދު ނިޒާމް ނަމަކަށް ކިޔާ މީހެކެވެ. ހެކިވެރިޔާ ފާހަގަކުރެއްވި ގޮތުގައި ނިޒާމްއަކީ އެމީހުންނާ އާންމުކޮށް ދިމާވާ މީހެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ލިޓަން ނިޒާމްއާއެކު ފުރައިގެން ދިޔަ މަންޒަރު ފެނުނުކަމަށް ބުނާ ހެކިވެރިން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.

އެކަން އެ ހެކިވެރިން ވަނީ ތަހުގީގަށްވެސް ކިޔާދީފައެވެ. އަދި ސީސީޓީވީ ފުޓޭޖުންވެސް ބަނދަރު ސަރަޙައްދުން ލިޓަން ފެންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި އިތުރު ބިދޭސީންތަކެއްގެ ހެކިބަސް ނެގުމަށްވެސް ތާވަލު ކުރެވުނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ހެކިވެރިންނަށް ގުޅޭނެ ގޮތެއް ނެތިގެން ބައެއް ހެކިން ހާޒިރު ކުރެވިފައެއް ނުވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކަށް އެ ހެކިވެރިން ހާޒިރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: