ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދާއެކު ރަސްމީ މަޝްވަރާތައް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ކުރިއަށްގެންދަވައިފިއެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް މިނިސްޓަރ ފެންވަރުގެ ބޭފުޅެކެވެ.

ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިއަށްގެންދިޔަ މި މަޝްވަރާގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޗައިނާގެ ވަފްދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، ދެ ޤައުމުގެ ޕްރޮސިކިއުޝަން އިދާރާތަކުގެ މެދުގައިވެސް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަފްދުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި، މި އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވާނެއެވެ. އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އޭއައި އިންޓަގްރޭޓް ކުރުމާއި، ފައިލިންގ ނިޒާމެއް ޤާއިމުކުރުމާއި، ޢިމާރާތުގެ ދަތިކަން މި އޮފީހުގެ ފަރާތުން ޗައިނާގެ ވަފްދާ ޙިއްޞާކޮށްފައިވާނެއެވެ. 

މީގެ އިތުރުން ސައިބަރ ކްރައިމް، ފްރޯޑް، މަނީ ލޯންޑްރިންގ ފަދަ މާލީ ތަޙުޤީޤުތައްކުރުމާއި، އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ފަންނީ އެހީތެރިކަމާއި، ޓްރެއިނިންގ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. 

މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުކަމުން، މިއީ ތާރީޚީ ދަތުރުފުޅެކެވެ. 

ވަފްދުގެ ބޭފުޅުންވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ކެޕްޓަން ރިޓަޔާރޑް ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާވެސް ބައްދަލުކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގަމުންދާ ޢިމާރާތަށް ވަޑައިގެން ވަފްދުގެ ބޭފުޅުން މި ޢިމާރާތް ބައްލަވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: