ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެ: މިނިސްޓަރ

ތިން އަހަރަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި އިގްތިސާދު ބަރޯސާވާ ފަތުތުވެރިކަމުގެ ދާއިރާއަށް މިއީ ކުރިއެރުން ބޮޑު އަހަރެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ކޮންމެ އަހަރެއްގެ މެދުތެރޭގައި ފަތުރުވެރިންގެ އަދަދު ދަށަށްދިޔަ ނަމަވެސް، މިއަހަރުގެ ލޯ ސީޒަންގައި އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފާއިތުވި އަހަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެ މިލިއަން ފަހަނައަޅާފައިވާ ކަމަށާއި، މިއަހަރުވެސް މި ސިނާއަތް ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓްގެ ކުރިއެރުމެއް. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެހެނިހެން ވިލާތުގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ސަރުކާރުން އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅި ފިޔަވަތަކާއެކު މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު 4.7 އިންސައްތައިން އިތުރުވެފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 މި އަހަރުގެ ބެޑްނައިޓްސް ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 9.5 މިލިއަން ބެޑްނައިޓްސް ރެކޯޑްކޮށްފައިވޭ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.6 ޕަސެންޓްގެ ކުރިއެރުމެއް. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ރިސޯޓު ބެޑްނައިޓްސް 7.6 ޕަސެންޓްއިން ކުރިއަރާފައިވުން.

މިއާއެކު، ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި، ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: