ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް އެހީދޭން ކުރި އިއުލާނު ބާތިލުކޮށް، މަސައްކަތް މީޑިއާ ކޮމިޝަނަށް!

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޫސްވެރިންތަކެއް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި ބުނީ ބައެއް މީޑިއާތަކާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއި ގުޅޭ އުސޫލާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިކަމަށެވެ.

އެ އުސޫލު އެކުލަވާލީ މީޑިއާތައް ރެގިއުލޭޓްކުރުމަށް ވަކި މުއައްސަސާއެއް އުފެއްދުމުގެ މަރުހަލާގެ ތެރޭގައި ނަމަވެސް އެކަން ކުރީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ލަފާގެ މަތިންކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އެކުލަވާލެވިފައިވުމާއިއެކު މާލީ އެހީދިނުމުގެ ކަންކަން އެންމެ މިނިވަންކަމާއިއެކު ކުރެވޭނީ އެ އިދާރާ މެދުވެރިކޮށް ކަމަށްދެކޭތީ މީގެ ކުރިން މީޑިއާތަކަށް އެހީދިނުމަށް ކުރި އިއުލާނު ބާތިލުކުރުމަށްފަހު އެ ކޮމިޝަނާ ހުރިހާ ޒިންމާތައް ހަވާލުކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: