ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް އޮފީހުން ޤަވާއިދުން ބަލަންޖެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން މުހިއްމު: ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓް އޮފީހުން ޤަވާއިދުން ބަލަންޖެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން މުހިއްމުކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ،  ރައްޔިތުން ބޭނުން ވަނީ ރަށުގައި ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ކުރީ ސަރުކާރުން އިއުލާނުކޮށް ކުރިޔަށް ނުގެންގޮސް ހުރި ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ. އަދި ރައީސް މުއިއްޒު އެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ތަންފީޒުވުމަށް ބޭނުންވާކަމަށް ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެދެނީ ތަރައްގީ ކަމަށެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާ މިނިވަން ކުރަންޖެހޭ ކަމަށާއި، އަދި ޝަރުއީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތައް ކަމަށްވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ހިދުމަތް ރައްޔިތުން ގަބޫލު ކުރާ ފެންވަރުގައި ނުވަތަ ރައްޔިތުން ގަބޫލު ކުރާ އަވަސް މިނުގައި ދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން،  ކޮންމެ ކަމަކީ ކޯޓަށް ގޮސްގެން ޙައްލުކުރަންޖެހޭ ކަމަކަށް ވެގެން ނުވާނެކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ޤައުމު ހިންގުމުގެ ބާރުގައި ތިއްބަވާ ބޭފުޅުންވެސް ޤާނޫނުތަކާއި ޤަވާއިދުތައް ބަލައި އިޙްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެކަމަށެވެ.

މީގެ އިތުރުން، އޮޑިޓް އޮފީހުން ޤަވާއިދުން ބަލަންޖެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން މުހިއްމުކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރެވޭނީ އެގޮތަށް އަމަލުކޮށްގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ކުރިން މައްސަލަތައް ބަލާފައި ނުވުމަކީ ފަހުންވެސް އެކަން އެހެން އޮންނަންޖެހޭ ސަބަބެއް ނޫންކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީ މިނަވަން ނޫން ކަމުގެ ވާހަކަ ބައެއް ފަރާތްތަކުން ދެއްކިނަމަވެސް ކޮމިޝަން އެކުލެވިގެންވާ ގޮތް ރަނގަޅު ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހަގީގަތުގައި މައްސަލައަކީ ކޮމިޝަނުގައި ތިއްބަވާ މެމްބަރުން އަމަލު ކުރައްވާ ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: