ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަަށް 230 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 230 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

ދިރާގުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 713 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އާމްދަނީގެ ތެރޭގައި، މޮބައިލް ޚިދުމަތްތަކުން 374.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި، ފިކްސްޑް އެންޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ލިބުނު އާމްދަނީ 303.2 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެއިތުރުން، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީގެން، 36 މިލިއަން ރުފިޔާ ވަނީ ދިރާގުން ހޯދައިފައިވާއިރު، 3 ވަނަ ކުއާޓަރުގައި، ދިރާގަށް ލިބުނު ޖުމްލަ އާމްދަނީ 713 މިލިއަނަށް ވުރެ އިތުރެވެ. އެގޮތުން، މި އަދަދަކީ، މިދިޔަ އަހަރާއި އަޅާބަލާއިރު، 3 އިންސައްތައިގެ ކުރި އެރުމެކެވެ.

ދިރާގުގެ 3 ވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ދިރާގުން 38 މިލިއަން ރުފިޔާ ޓެކްސްއަށް ހޭދަކޮށްފައިވާއިރު، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި، 230 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދިރާގަކީ ދިވެހިރާއްޖޭގެ މުވާސަލާތީ ވަސީލަތުގެ ހިދުމަތް ފޯރުކޮށްދެމުންދާ، 2 ކުންފުނީގެ ތެރެއިން އެއް ކުންފުނިއެވެ. އެގޮތުން، މި ކުންފުނިން ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާއިރު، ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފަރތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: