މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް 549 މިލިއަން ރުފިިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އުރީދޫއިން އާންމުކޮށްފައިވާ، ތިން ވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އުރީދޫއަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު، 1 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، އުރީދޫއަށް ލިބިފައިވާ ސާފު ފައިދާއަށް ބަލާޢިރު، 180 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު، 8 އިންސައްތައިގެ ކުރިއެރުމެކެވެ.
އުރީދޫއަށް ތިން ވަނަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ، މޮބައިލް ހިދުމަތްތަކެވެ. އެގޮތުން، މޮބައިލް ހިދުމަތްތަކުން، 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެންޓަޕްރައިޒް ހިދުމަތްތަކާއި ފިކްސް ބްރޯޑްބޭންޑު ހިދުމަތްތަކުން 143 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެއިތުރުން، އުރީދޫ ކުންފުނި ހިންގުމަށްޓަކައި 337 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި، އުރީދޫއިން ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 348 މިލިއަން ރުފިޔާއެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ މޮބައިލް ޚިދުމަތްތަކުން ކަމަށެވެ. އެގޮތުން އުރީދޫގެ މޮބައިލް ޚިދުމަތްތަކުން އެ ކުންފުންޏަށް 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އުރީދޫއިން ފޯރުކޮށްދޭ އެންޓަޕްރައިޒް ޚިދުމަތްތަކާއި ފިކްސް ބްރޯޑްބޭންޑް ޚިދުމަތްތަކުން 143 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދަށް 337 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
ދެވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދުގެ ގޮތުގައި 348 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކައެވެ.
އުރީދޫ މޯލްޑިވްސް އަކީ ފުޅާ ދާއިރާއެއްގައި، މުޅި ރާޢްޖެއަށް މޯބައިލް، ބްރޯޑްބޭންޑު އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ، މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން، 2005 ވަނަ އަހަރުގެ އޮގަސްޓު މަހު ވަތަނިއްޔާ މޯލްޑިވްސްގެ ނަމުގައި ފެށި ކުންފުނި، 2013 ޑިސެމްބަރު 13 ގައި އުރީދޫ ގްރޫޕުން، އެ ކުންފުނި ގަތުމަށްފަހު، މިއަދު އުރީދޫ ވަނީ ރާއްޖޭގެ ލީޑީންގ މުވާސަލާތީ ކުންފުނިތަކުގެ ތެރެއިން ކުންފުނިއަކަށް ވެފައެވެ.

