ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތާއިއެކު، ދައުވާކުރުމަށް ޕީޖީއަށް!

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ފުލުހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލަ ހިންގައިފައި ވަނީ، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްގައެވެ. މި މައްސަލައާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ، ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމުގެ މައުލޫމާތު، އެ އިދާރާއަށް ލިބުމާއިއެކު، 2025 ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ، އޭނާ ހޯދުމަށްފަހު، އޭނާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ބަލާފާސްކުރުމުގެ ތެރެއިން، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވުމާއިއެކު، އެ ރޭ އޭނާ ހައްޔަރުކުރިކަމަށް ފުލުހުން ބުނިއެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރިކަމަށެވެ. އެހެންނަމަވެސް، 2025 ސެޕްޓެމްބަރު 20 ވަނަ ދުވަހުގައި، އޭނާގެ ބަންދު ހަމަވުމާއިއެކު، އޭނާ ގެއަށް ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނިއެވެ.

ހަމައެއާއިއެކު، މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު، ޕީޖީ އޮފީހަށް ފޮނުވައިފައިވާ ކަމަށާއި، އެ ފުލުސް އޮފިސަރު، މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: