ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2026: ކުރީގެ ރައީސުންނަށް އިނާޔަތްތަކުގެ ގޮތުގައި އަހަރަކު 4 މިލިއަން!

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔާތެއްގެ ގޮތުގައި 19 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

2026 ގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހުށަހަޅުއްވާދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ބަޖެޓުގެ ބައެއް ތަފްސީލުތައް ހިމެނޭ، ހަރަދުތައް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ހާއްސަ ބަޖެޓު ތަފްސީލު ތާވަލުން ދައްކާ ގޮތުގައި، އަންނަ އަހަރު ކުރީގެ ރައީސްކަން ކުރައްވާފައިވާ 5 ބޭފުޅުންނަށް ވެސް ދައުލަތުން އިނާޔަތް ލިބޭނެ އެވެ.

އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައީސް މުހައްމަދު ވަހީދު ހަސަންއާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެލަވެންސްތަކުގެ ތެރޭގައި ހިމެނެނީ ފައިސާގެ އިނާޔަތާއި، ލިވިން އެލަވެންސް، އަދި އޮފީސް ހިންގުމަށްދޭ ހަރަދާއި، ބޭސްފަރުވާގެ ހަރަދެވެ.

ތަފްސީލުތައް ދައްކާ ގޮތުގައި ރައީސް މައުމޫނަށް ފައިސާގެ އިނާޔަތުގެ ގޮތުގައި އަހަރެއްގެ މައްޗަށް ނުވަ ލައްކަ ރުފިޔާ ލިބޭއިރު ރައީސް ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ ހަ ލައްކަ ރުފިޔާ އެވެ. ރައީސް ވަހީދަށް މި އިނާޔަތް ލިބިވަޑައިނުގަންނަވަ އެވެ.

އަދި ލިވިން އެލަވެންސްގެ ގޮތުގައި އަހަރަކަށް ހަލައްކަ ރުފިޔާއާއި، އޮފީސް ހިންގުމުގެ ފައިސާގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާއިރު ބޭސްފަރުވާގެ ހަރަދެއްގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

އެހެންކަމުން އަންނަ އަހަރު ރައީސް މައުމޫނަށް ޖުމްލަ އިނާޔަތްތަކުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ އަދި ރައީސް ވަހީދަށް 3.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. ރައީސް ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް ސޯލިހަށް 4 މިލިއަން ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތަފްސީލު ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ހިމަނާނެ އެވެ. އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައި، މަސައްކަތް ފެށުމަށް ތައްޔާރުވީ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަ ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އޭރު ރައީސް ވިދާޅުވީ މަޖިލީހުގެ އައު ދައުރުގެ މަސައްކަތް ފެށުމުން، ބިލު މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: