ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި 6 މީހަކަށް އަނިޔާވި، ބިދޭސީ މީހާ ނިޔާވެއްޖެ

ކޮޅުވެއްޓި ބަންޑުންޖަހާލައިފައި: ފޮޓޯ/ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕީއެލް ސަރަހައްދުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި ހަ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން ބިދޭސީ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެމްޕީއެލް ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ 15:44 ހާއިރު ކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ތިބީ 14 މީހުންނެވެ.

މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައީ ހަ މީހަކުކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިންނެވެ. ނިޔާވެފައި ވަނީ އޭގެ ތެރެއިން ބިދޭސީއެކެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީ މީހާ ނިޔާވެފައި ވަނީ، އޭނާގެ ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: