ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 600 އަށް ވުރެ ޒުވާނުން ވޯކް-އިން އިންޓަވިއުއަށް!

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ވޯކްއިން އިންޓަވިއުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަނުން 70 އޮފިސަރުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 600 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެއްޖެ އެވެ.

މިއީ އެ އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު އޮފިސަރުން ހޯދުމަށް ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ވޯކް-އިން އިންޓަވިއުއެކެވެ.

އިމިގްރޭޝަނުން މިދިޔަ މޭއި މަހު 50 ވަޒީފާގެ ފުރުސަތަށް ހުޅުވާލުމުން، ވެސް ހާހަކަށް ވުރެ ގިނަ ޒުވާނުން ވޯކް-އިން އިންޓަވިއުގައި ބައިވެރިވި އެވެ. މި ފަހަރު ހުޅުވާލި ފުރުސަތުގައި 670 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

މި އިންޓަވިއުގައި ބައިވެރިވުމަށް ހުޅުވާލީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ.

އިމިގްރޭޝަނުން ބުނީ އިންޓަވިއުގައި ޝަރުތުހަމަވެ، ފާސްވި ކެންޑިޑޭޓުން އިތުރު ދެ އިމްތިހާނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ ނޮވެމްބަރު 4 އާއި 8 އާއި ދެމެދުގެ ދުވަހެއްގަ އެވެ. މި އިމްތިޙާނަކީ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ޤާބިލުކަން އިތުރަށް ބެލުމަށް ބޭއްވޭ އިމްތިޙާނެކެވެ. މި ދެ މަރުޙަލާ ކާމިޔާބުކުރާ ފަރާތްތަކަށް އިމިގްރޭޝަން އޮފިސަރުގެ މަޤާމު ލިބިގެންދާނެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ތަޢުލީމީ ފެންވަރުގެ ވަކި މިންގަނޑުތަކެއް ހިމެނެއެވެ. އެގޮތުން، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން ’ޑީ‘ ގްރޭޑް ލިބިފައިވުމާއެކު، ދިވެހި މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބިފައިވުން ޝަރުތުވެއެވެ. ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ތިން ސެޓްފިކެޓް ހާސިލުކޮށްފައިވުމެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: