ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ކޮންޓެއިނާ ވަގަށް ނެގި މައްސަލަ: ހައްޔަރު ކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

ސިނގިރޭޓް ވައްކަމުގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކުރި މީހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގެ ހައްޔަރުގައި ތިބި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. މައްސަލައިގައި ބަޔަކު ހައްޔަރުކޮށް، 12 މީހެއް ފުރުން މަނާކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، 09 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނި ގޮތުގައި  އާއްޓޭއާއި، މުއާޒްގެ އިތުރުން ޒިވާރު ޝަރީއަތް ނިމެންދެން ބަންދު ކުރީ އޮކްޓޯބަރ 30 ގައެވެ. އަދި އެންމެ ފަހުން ހައްޔަރު ކުރި އެމްޕީއެލް ތިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަހުމަދު ފިރުޝާން އާއި ތިލަފުއްޓަށް ކޮންޓެއިނަރުގެ ބައިތައް ގެންދިޔަކަމުގެ ތުހުމަތު ކުރެވޭ ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް މެސެޖުގައި ވެއެވެ.

އޭގެ ކުރިން ޝަރީއަތް ނިމެންދެން ބަންދު ކުރި މީހުންގެ ތެރޭގައި ދެން ހިމެނެނީ، ހަސަން އަބްދުއްރަހްމާން އައި ދިގަލި އެވެ.

މައްސަލައިގައި ޖުމްލަ 9 މީހަކު ހައްޔަރުގައި ތިބިއިރު، އޭގެ ތެރެއިން ޝަރީއަތް ނިމެންދެން މިހާރު އެންމެން ވެސް ވަނީ ބަންދުކޮށްފައެވެ.

ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޭސްތަކުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރަ އެވެ. މައްސަލައިގެ ތަހުގީގަށް މާލޭގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި ކ. ތިލަފުށި ބަލައި ފާސްކޮށް، ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: