ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކަކަށް ބިރު ދެއްކުމަށް ފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު ހިނގި މި ހާދިސާގައި ފޭރިގެންފައި ވަނީ ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ 130،000 ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ބަލާއިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

ޑޮލަރު ފޭރުގެންފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް ފަހު، ޑޮމެސްޓިކް ޓާމިނަލްއިން އާ ޓާމިނަލްއަށް ދެވޭ ގޮތަށް ހަދާފައިވާ ވޯލްކްވޭއިންނެވެ. އެއަށް ފަހު އެ މީހުން އޭވިއޭޝަން ސެކިއުރިޓީންނަށް ވެސް ބިރު ދެއްކުމަށް ފަހު ގޮސް އެރީ އެ މީހުންނާއި އެކު ފުރަން ތައްޔާރުވެފައި އޮތް ލޯންޗަކަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ (25 އ.) އާއި މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20 އ.)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި ޙުސައިން ޝަހުދު (30 އ.) އެވެ. މި އެންމެން ވެސް ޝަރީއަތް ނިމެންދެން މިއަދު ވަނީ ބަންދުކޮށްފަ އެވެ.

މި ހަތަރު މީހުން ވެސް ހައްޔަރު ކުރީ، މާލެއާއި ކައިރީގައި އޮންނަ ހުރާއިންނެވެ. އެއާޕޯޓުން ފުރި ލޯންޗު ދިޔައީ އެ ރަށަށްކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ފޭރިގަތް ޑޮލަރު ހޯދިފައިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: